މަޤާމުގެ ކްލެސިފިކޭޝަން: އިދާރީ
މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:
- މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
ގުޅޭ ދާއިރާއަކުން ބެޗްލަރޒް އަދި މާސްޓަރޒް ނުވަތަ ޑޮކްޓަރޭޓް އޮތް ނަމަ: 18125.00 ރުފިޔާ
- ޓެނުއަރޝިޕް އެލަވަންސް: 6000.00 ރުފިޔާ
- ފޯން އެލަވަންސް: މަހަކު 500.00 ރުފިޔާ
ތަޢުލީމާއި ތަޖުރިބާ
- ލައިބްރަރީ އަށް ޚާއްޞަ ދާއިރާއަކުން މާސްޓަރސް އޮތުން ނުވަތަ
- ލައިބްރަރީ އަށް ޚާއްޞަ ދާއިރާއަކުން ބެޗްލަރސް އޮތުމާއެކު، 4 އަހަރުގެ ލައިބްރަރީ ތަޖުރިބާ ހުރުން ނުވަތަ
- ލައިބްރަރީ އަށް ޚާއްޞަ ދާއިރާއަކުން ޑިޕްލޮމާ އޮތުމާ އެކު، 8 އަހަރުގެ ލައިބްރަރީގެ ތަޖުރިބާ ހުރުން ނުވަތަ
- ތަޢުލީމީ ދާއިރާއިން ބެޗްލަރސް އަދި މާސްޓަރސް އޮތުމާއި އެކު 8 އަހަރުގެ ތަޢުލީމީ ދާއިރާގެ ތަޖުރިބާ ހުރުން.
އެޕްލިކޭޝަން ފޮނުވަންވީތާރީޚް: 2020 އޮކްޓޫބަރު 28ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޔުނިވަރސިޓީ ގެ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ).
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސަނަދު. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ޔުނިވަރސިޓީއަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
- އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345136 ނަންބަރު ފޯނާއެވެ.
އީމެއިލް: [email protected] |