މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި އެންޓަނާ ކުއްޔަށް ދިނުމާބެހޭ

އިޢްލާން

މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި އެންޓަނާ ކުއްޔަށް ދިނުމާބެހޭ

                  މިރަށުގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމަށްޓަކައި މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި، ޓެލެފޯންގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ދިރާގުން ކުރިން ބޭނުންކުރި އެންޓަނާ ކުއްޔަށް ދޭން ޤަސްތުކުރަމެވެ.

                  ވީމާ، ދެންނެވުނު އެންޓަނާ ކުއްޔަށް ނަންގަވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް ފުރިހަމަކޮށްފައިވާ "އެންޓަނާ ކުއްޔަށް ހިފުމަށް އެދޭ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

12 އޮކްޓޫބަރު 2020
ހޯދާ