ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

                  ވަޒީފާގެ ފުރުޞަތު

ނަންބަރު: R1C-A/2020/02

ތާރީޚް: 13 އޮކްޓޯބަރ 2020

މަޤާމު

އޮފީސް އެސިސްޓެންޓް (ދާއިމީ)

ރޭންކް: އެސް.އެސް 2

ޢަދަދު

01

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2

މަސައްކަތްކުރަންޖެހޭ ތަން

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ސެކްޝަން: އިދާރީ ސެކްޝަން

އަސާސީ މުސާރަ

-/3470 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: 1214/50

- ސަރވިސް އެލަވަންސް: -/1000

-  ލިވިންގ އެލަވަންސް: -/2550

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

 

އަސާސީ ޝަރުޠު

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން. 

(އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މަދުވެގެން (A0) ގެ ލައިސަންސް އޮތުން)

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

-  ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުންނާއި ޙަވާލުކުރަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކޮށް އަމުރުގައި ސޮއިކުރުވުމަށް ފަހު އަމުރު ޙަވާލުކުރިކަމަށް ސޮއިކޮށް އަމުރުތަކުގެ ކޮޕީ ކޯޓާއި ޙަވާލުކުރުމާއި، އަމުރު ޙަވާލުކުރަންޖެހޭ މީހަކު ރަށުގައި ނެތްނަމަ އެމީހަކު އުޅޭތަނަކާއި ގުޅޭނެ ފޯނު ނަންބަރެއް ހޯދާ އަމުރުގައި ނޯޓް ކުރުން. އަދި ސީ.އެމް.އެސްގެ ތެރެއިން އަމުރުތައް ހަވާލުކުރުން.

-  ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ތަކެއްޗާއި ފައިސާ އާއި، ސިޓީފަދަ ތަކެތި އެފަރާތްތަކާއި ޙަވާލުކުރުން.

-  މަސައްކަތު މީހުން ގޮވައިގެން ކޯޓުގެ ޢިމާރާތް ފޮޅާ ސާފުކުރުވައި، އަދާފައި ހުންނަ ލައިޓްތައް ހަރުކޮށް، ފާރުތަކުގައި ބަހައްޓާފައި ހުންނަ ގަޑިތައް ހަމަކޮށް ހެދުން.

-  ކޯޓަށް ހޯދަން ބޭނުންވާ ތަކެތީގެ އަގުބެލުމަށް ފިހާރަތަކަށާއި، އެނޫން ތަންތަނަށް ގޮސް އަގުބަލާ ފޯމް ފުރިހަމަކޮށް ކޯޓާއި ޙަވާލުކުރުމާއި، އެކިފަރާތްތަކުން ކޯޓަށް ގެންނަންޖެހޭ ތަކެތީގެ ތެރެއިން މޮޓޯސައިކަލުން ގެނެވޭ ތަކެތި ކޯޓަށް ގެނެސްދިނުން.

-  ކޯޓުގެ ކޮޓަރިތަކުގައި މީހަކު ނެތި ފަންކާ އާއި އެއަރކޯން ޖައްސާފައި އަދި ބޮކި ދިއްލާފައިވާނަމަ އެތަކެތި ނިއްވާލުން.

-  ޙައްދު ޖަހަންޖެހޭ މީހުންނާއި ތަޢުޒީރުކުރަންޖެހޭ މީހުން މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ޙައްދު ޖެހުމާއި ތަޢުޒީރުކުރުން.

-  އެކިއެކި ބޭނުންތަކުގައި ކޯޓަށް އަންނަ މީހުން އިށީދެ ތިބެވޭނެ އިންތިޒާމް ހަމަޖައްސާދިނުމާއި، މައްސަލަތަކުގައި ޙާޟިރުވެފައި ތިބޭ މީހުން ގިނައިރުވާނަމަ ސެކްޝަންތަކުގައި ދަންނަވައިގެން އެފަދަ މީހުން އަވަހަށް ނިންމާދިނުމަށް މަސައްކަތްކުރުން.

-  މައްސަލަތަކާއި ގުޅޭގޮތުން ކޯޓަށް ޙާޟިރުކުރެވޭ މީހުން ކޯޓުގެ ޙުރުމަތް ގެއްލޭފަދަ އެއްވެސް ޢަމަލެއް ހިންގާނަމަ އެފަދަ ޢަމަލެއް ހުއްޓުވުމަށް މަސައްކަތްކުރުން.

-  ކޯޓުން ކުރާ އިޢްލާންތައް ނޯޓިސްބޯޑުގައި ބެހެއްޓުމާއި ކޯޓުން ކަޑައަޅާ ރަށުތެރޭގެ ސަރަޙައްދުތަކުގައި އިޢްލާން ތައްކުރުން.

-  މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތް އެހެން ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ގެ ކޮޕީ.
  5. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.

 

ސުންގަޑި

2020 އޮކްޓޯބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި [email protected] އީމެއިލް މެދުވެރިކޮށް ވެސް ހުށަހެނޭނެއެވެ.    

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓްގެ ކައުންޓަރުން ލިބެންހުންނާނެ އެވެ. އަދި ޑިޕާޓްމަންޓް އަޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • · މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:6861056
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %25
  • މަސައްކަތުގެ ތަޖުރިބާ: %20
  • އިންޓަރވިއު: %55

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ރީތިބަހުން މުއަމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • އެއްގަމުގައި ދުއްވާ ކާރު، ޕިކަޕް ފަދަ ތަކެތީގެ ލައިސަންސް އޮތުން.

 

13 އޮކްޓޫބަރު 2020
ހޯދާ