މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޙިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލުން

އިއުލާން

 

ފެނާއި ނަރުދަމާގެ ޙިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލުން

 

 

 

މި ރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ދަށުން ޙިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ގޭގެ ވެރިފަރާތުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުންނެވެ. މިގޮތުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު 14 އޮކްޓޯބަރ 2020 އިން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށް (12 ނޮވެމްބަރ 2020) ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހަޅާ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށްދެވޭނީ ޕްރޮޖެކްޓްގެ ދަށުން ހިލޭ ކަމަށާއި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ޔުޓިލިޓީ ކޮމްޕެނީއިން އެކަމަށް ނެގޭ އަގެއްގެ ދަށުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން މި ޚިދުމަތަށް އެދި ވީހާވެސްގިނަ ފަރާތްތަކުން ފޯމު ހުށަހެޅުއްވުން އެދެމެވެ.

 

             ފެނާއި ނަރުދަމާ ނިޒާމުގެ ތެރެއިން ޙިދުމަތަށް އެދޭ ފަރާތްތަކުން 12 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން "ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. "ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް" މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލު މި އިދާރާގެ ނޯޓިސް ބޯޑުގައި ޢާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

 

13 އޮކްޓޫބަރު 2020
ހޯދާ