ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި ވަގުތީ ގޮތުން މަސައްކަތްކުރުމަށް ވޭޖްޕޫލް އެކުވާލުން:

 އިއުލާން

 

                 ކުޑަހުވަދޫ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މުވައްޒަފަކު ވަކިވުމުން ނުވަތަ ޕޭލީވް/ނޯޕޭލީވް ނެގުމުން ނުވަތަ،  އަހަރީ ޗުއްޓީ އާއި އާއިލީޒިންމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް 1 އަހަރަށް ނެގުމަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.

  1. މަޤާމް: އިމާމު (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން.)

ރޭންކް: ޖީ.އެސް 3

އުޖޫރަ: މަސައްކަތް ކުރާ ގަޑިއަކަށް 61.00 ރުފިޔާ (ސަނަދު އޮންނަ މީހަކަށް)

 

  1. މަޤާމް:  މުދިމް  (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން.)

ރޭންކް: ޖީއެސް 1

އުޖޫރަ: މަސައްކަތް ކުރާ ގަޑިއަކަށް 53.00 ރުފިޔާ (ސަނަދުނެތް މީހަކަށް)

 

  1. މަޤާމް: މަސައްކަތު (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން.)

ރޭންކް: އެސް.އެސް 1

އުޖޫރަ: މަސައްކަތް ކުރާ ގަޑިއަކަށް 45.00 ރުފިޔާ

ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކާއެކު 2020 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ނޯޓު: ސިޓީގައި ޝައުގުވެރިވާ މަޤާމާއި ގުޅޭނެ ފޯން ނަންބަރު ޖެއްސެވުން އެދެމެވެ.

11 އޮކްޓޫބަރު 2020
ހޯދާ