އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސައިކޮލޮޖިސްޓް (ކްލިނިކަލް)

މަޤާމް :ސައިކޮލޮޖިސްޓް (ކްލިނިކަލް)
ބޭނުންވާ އަދަދު :1

އިއުލާން

 

         މި ހޮސްޕިޓަލުގައި ސައިކޮލޮޖިސްޓް (ކްލިނިކަލް) ގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 1 (އެކެއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ދަންފަޅި އުސޫލުން)

މުސާރައާއި އެހެނިހެން އެލަވަންސްތަކާއިއެކު މިމަގާމުގައި މަސައްކަތްކުރައްވާ ފަރާތަކަށް ޖުމްލަ މަހަކު ލިބިލައްވާނީ 20561.25 ރުފިޔާ (ވިހިހާސް ފަސްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސަވީސް ލާރި) އެވެ. 

 

 

 

  އިތުރުގަޑީގައި މަސައްކަތްކުރެއްވި ނަމަވެސް އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބިނުލައްވާނެއެވެ.

މުއްދަތު:    3 މަސް ދުވަސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އޯޕީޑީއަށް އަންނަ ނަފްސާނީ ބަލިތަކާބެހޭ ބަލިމީހުން ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.

2-      އެނދުމަތި ކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.

3-      ސައިކޮމެޓްރިކް ޓެސްޓު މެދުވެރިކޮށާއި، އިންޓަވިއު މެދުވެރިކޮށާއި އަދި ޑައިރެކްޓް ބިހޭވިއަރ އޮބްޒަވޭޝަންގެ ޒަރިއްޔާއިން ބަލިމީހާގެ ސައިކޮލޮޖިކަލް ސްޓޭޓަސް، ނީޑްސް، އެބިލިޓީސް ނުވަތަ ބިހޭވިއަރ އެސެސްކޮށް ދެނެގަތުން.

4-      ތެރަޕީ، ކައުންސެލިންގ ގެ ޒަރިއްޔާއިން އެކިވައްތަރުގެ ބަލިމީހުންނަށް ބޭނުންވާ ޓްރީޓްމަންޓް ޕްރޮގްރާމް ތައްޔާރުކުރުން.

5-      ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ، ޑިޕްރެޝަން، އެޑިކްޝަން، ސޯޝަލް އަދި އިންޓަރޕާސަނަލް މައްސަލަތަކާއި ޗެލެންޖިންގ ބިހޭވިއަރ ފަދަ ކަންކަން ދިމާވެފައިވާ ނަފްސާނީ ބަލިމީހުންނަށް ތެރަޕީތަކާއި އަދި ޓްރީޓްމަންޓް ދިނުން.

6-      ބަލިމީހުންގެ ރިކޯޑުތައް ގަވާއިދުން ބެލެހެއްޓުން. މިގޮތަށް ބެލެހެއްޓޭ ރިކޯޓުތަކުގެ އެހީގައި ބަލިމީހާގެ ޕްރޮގްރެސް ދެނެގަނެ މޮނިޓަރ ކުރުން.

7-      ހޮސްޕިޓަލުގެ އެހެން ސްޕެޝަލިޓީ ޑިޕާޓްމަންޓުތަކާއި ގުޅިގެން ސައިކޮލޮޖިކަލް ސަރވިސަސް ޚިދުމަތަށް ދިނުން.

 

މަޤާމުގެ ޝަރުތުތައް:

 

ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަަނަދެއް ހާސިލްކޮށްފައިވުމާއެކު، ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 15 އޮކްޓޯބަރ 2020 ވާ  ބުރާސްފަތި ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހަޅުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  5. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  7. މަތީތައުލީމުދޭ،ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީ.
    1. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސަންސްގެ ކޮޕީ

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ

ނަން އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

24 ސަފަރު 1442

11 އޮކްޓޯބަރ 2020

 

11 އޮކްޓޫބަރު 2020
ހޯދާ