މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕޮރޮޖެކްޓް މެނޭޖަރ

"އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލޫޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު އަށް ޕްރޮޖެކްޓް މެނޭޖަރެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިޔަށް ގެންދަން ރާވާފައިވާ ”އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް“ މަޝްރޫއު ހިންގުމަށްޓަކައި ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 1200 ގެ ކުރިން: ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީ ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 12 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

"އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލޫޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު އަށް ޕްރޮޖެކްޓް މެނޭޖަރެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected] ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.

 

ތާރީހު: 10އޮކްޓޯބަރ 2020

10 އޮކްޓޫބަރު 2020
ހޯދާ