ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާގައި ޤާއިމްކުރާ ކުނި މެނޭޖުކުރާ މަރުކަޒާ އިންވެގެން އިމާރާތް ކުރެވޭ ވެހިކަލް ގަރާޖަކާއި އޮފީސް އިމާރާތެއްގެ މަސައްކަތާއިގުޅޭ

އިޢުލާން

ހއ. ކެލާގައި ޤާއިމްކުރާ ކުނި މެނޭޖުކުރާ މަރުކަޒާ އިންވެގެން އިމާރާތް ކުރެވޭ ވެހިކަލް ގަރާޖަކާއި އޮފީސް އިމާރާތެއްގެ މަސައްކަތާއިގުޅޭ

                 ހއ. ކެލާ ގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖުކުރާ މަރުކަޒާއި އިންވެގެން ވެހިކަލް ގަރާޖަކާއި އޮފީހެއް ކެލާ ކައުންސިލުގެ އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

              ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

13 އޮކްޓޯބަރ 2020

އަންގާރަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

19 އޮކްޓޯބަރ 2020

ހޯމަ

13:00

 

              މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020  އިން 15 އޮކްޓޯބަރ 2020  އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ މައުލޫމާތު ކަރުދާސް 13 އޮކްޓޯބަރ 2020 ވަނަ ދުވަހުން ފެށިގެން ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

 8 އޮކްޓޯބަރ 2020

08 އޮކްޓޫބަރު 2020
ހޯދާ