ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އޮޑިޓް އޮފިސަރ

 މަގާމު:

  އޮޑިޓް އޮފިސަރ

 ބޭނުންވާ އަދަދު:

  1 އެކެއް

 ވަޒީފާގެ ބޭނުން:

  ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި އ.ދ. ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާއާ        އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރުކުރުމުގެ    ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

 މަޤާމުގެ ގިންތި:

  ދާއިމީ

 ވަޒީފާ އަދާ ކުރަންޖެހޭ   ތަން:

  ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީސް

 މުސާރަ:

  -/9،483ރ

 އެހެނިހެން އެލްވަންސްތައް:

  ސާރވިސް އެލަވަންސް -/3،500ރ

  ލިވިންގ އެލަވަންސް -/3،000ރ

  ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

 ވަޒީފާއަދާކުރަންޖެހޭ   ސެކްޝަން:

  ކޮމްޕްލޭންޓްސް އެންޑް އެންފޯސްމަންޓް

 މަޤާމުގެ ޝަރުތު: 

 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ކުޑަކުދިންނާ ގުޅުންހުރި ދާއިރާއެއް / ސޯޝަލް ސަރވިސް / ހިއުމަންރައިޓްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ކުޑަކުދިންނާ ގުޅުންހުރި ދާއިރާއެއް / ސޯޝަލް ސަރވިސް / ހިއުމަންރައިޓްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 މަގާމުގެ މަސައްކަތަށް   ބޭނުންވާ އެހެނިހެން   ސިފަތައް:

 

  1. މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
  2. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  3. ސިއްރު ހިފެހެއްޓުން.
  4. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  5. އާންމުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުން.
  6. މި ދާއިރާއާއި ގުޅުންހުރި ހުރިހާ ޤާނޫނަކާއި ޤަވާއިދަށް އަހުލުވެރިވެފައިވުން.
  7. ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
  8. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތައް:

  1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ އިދާރާތަކުން ލާޒިމްކޮށްފައިވާ ކަންތައްތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ދަށުން ދައުލަތުގެ އިދާރާތަކުން ކުރާ މިންވަރު ދެނެގަންނާނެ ގޮތުގެ އުސޫލުތަކާއި މިންގަނޑުތަކުގެ ދަށުން އެ ކަންތައްތައް ގަވާއިދުން ވަޒަންކޮށް، އެކަންތައްތަކާބެހޭ ގޮތުން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލުން. 
  2. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ދަށުން ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް އެ އިދާރާތަކުން ކުރާ މިންވަރު ދެނެގަންނާނެ ގޮތުގެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި އެހީތެރިވުން.
  3. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ދަށުން ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް އެ އިދާރާތަކުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ތަމްރީން ޕްރޮގްރާމްތަކާއި އެހެނިހެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.
  4. ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އެ މިންގަނޑުތަކާއި ސިޔާސަތުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  5. ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މެންޑޭޓްގެ ދަށުން ހިންގާ މަސައްކަތްތަކުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  6. ތަހުގީގު ކުރެވޭ މަސައްކަތުގެ ރިޕޯރޓްއެކުލަވާ، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  7. މަގާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން.

 ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 ސުންގަޑި:

  މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 ގެ    ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 ނޯޓް:

  • ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްރަންސް އޮމްބަޑްޕާރސަންގެ އޮފީހުގައެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަމްބަރާ ގުޅުއްވުން އެދެމެވެ.

07 އޮކްޓޯބަރ 2020

07 އޮކްޓޫބަރު 2020
ހޯދާ