ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ޑައިރެކްޓަރ އޮފް ކޮމްޕްލައަންސް އެންޑް އެންފޯރސްމަންޓް

 މަގާމު:

  ޑައިރެކްޓަރ އޮފް ކޮމްޕްލައަންސް އެންޑް އެންފޯރސްމަންޓް

 ބޭނުންވާ އަދަދު:

  1 އެކެއް

 ވަޒީފާގެ ބޭނުން:

  ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި އދ ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާއާ އެއްގޮތަށް    ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން      ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން

 މަޤާމުގެ ގިންތި:

  ދާއިމީ

 ވަޒީފާ އަދާ ކުރަންޖެހޭ   ތަން:

  ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީސް

 މުސާރަ:

  -/13،583ރ

 އެހެނިހެން އެލްވަންސްތައް:

  ސާރވިސް އެލަވަންސް -/3،500ރ

  ލިވިންގ އެލަވަންސް -/3،000ރ

  ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

 ވަޒީފާއަދާކުރަންޖެހޭ   ސެކްޝަން:

 ކޮމްޕްލައަންސް އެންޑް އެންފޯސްމަންޓް

 މަޤާމުގެ ޝަރުތު: 

 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ކުޑަކުދިންނާ ގުޅުންހުރި ދާއިރާއެއް / ސޯޝަލް ސަރވިސް / ހިއުމަންރައިޓްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ކުޑަކުދިންނާ ގުޅުންހުރި ދާއިރާއެއް / ސޯޝަލް ސަރވިސް / ހިއުމަންރައިޓްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

 މަގާމުގެ މަސައްކަތަށް   ބޭނުންވާ އެހެނިހެން   ސިފަތައް:

 

  1. މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
  2. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  3. ސިއްރު ހިފެހެއްޓުން.
  4. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  5. އާންމުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުން.
  6. މި ދާއިރާއާއި ގުޅުންހުރި ހުރިހާ ޤާނޫނަކާއި ޤަވާއިދަށް އަހުލުވެރިވެފައިވުން.
  7. ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
  8. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.

 

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތައް:

  1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތަކާއި އެ އިދާރާތަކުން ކުރާ މިންވަރު ދެނެގަންނާނެ ގޮތުގެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.
  2. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް އެ އިދާރާތަކުން ކުރާ މިންވަރު ދެނެގަންނާނެ ގޮތުގެ އުސޫލުތަކާއި މިންގަނޑުތަކުގެ ދަށުން އެ ކަންތައްތައް ގަވާއިދުން ވަޒަންކޮށް، އެކަންތައްތަކާބެހޭ ގޮތުން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް އެ އިދާރާތަކުން ކުރާ މިންވަރު ދެނެގަންނާނެ ގޮތުގެ އުސޫލުތަކާއި މިންގަނޑުތަކުގެ ދަށުން އެ ކަންތައްތައް ގަވާއިދުން ވަޒަންކޮށް، އިސްލާހުކޮށް ބަލަންޖެހޭ މައްސަލައެއްވާނަމަ، އެކަންކަމާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  4. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ދަށުން ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް އެ އިދާރާތަކުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ތަމްރީން ޕްރޮގްރާމްތަކާއި އެހެނިހެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަރުމާކޮށް، އެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  5. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ތައްޔާރުކުރަންޖެހޭ ޤާނޫނީ އެންމެހާ ލިޔެކިޔުން ތައްޔާރުކުރުމާއި އެފަދަ ކަންކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި އެކަންކަމަށް ޒިންމާ ދާރުވުމާއި، ސިއްރު ހިފެހެއްޓުމާއި އެކު މަސައްކަތްތައް ދާނެ ނިޒާމެއް ގާއިމުކޮށް އެކަން އެގޮތަށް ހިނގާނެކަން ކަށަވަރުކުރުން.
  6. މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރަންޖެހޭ ކަންތައްތަކަށް އިސްނަގައިގެން (ލީޑަރޝިޕް ރޯލެއް އަދާކޮށް) އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  7. ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އެ މިންގަނޑުތަކާއި ސިޔާސަތުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  8. ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މެންޑޭޓްގެ ދަށުން ހިންގާ މަސައްކަތްތަކުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  9. ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައާއި، އެފަދަ ކަންކަމާގުޅިގެން ޗިލްރަންސް އޮމްބަޑްސްޕާރސަން އޮފީހުގެ ދަށުން ހިނގަމުންދާ އެންމެހާ ކަންކަމަށް ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައްކުރުމުގައި އެހީތެރިވުން.

 ވަޒީފާއަށް އެންމެ ޤާބިލް   ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް:

  1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.

 ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 ސުންގަޑި:

  މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 ގެ      ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 ނޯޓް:

  • ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްރަންސް އޮމްބަޑްޕާރސަންގެ އޮފީހުގައެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަމްބަރާ ގުޅުއްވުން އެދެމެވެ.

07 އޮކްޓޯބަރ 2020

07 އޮކްޓޫބަރު 2020
ހޯދާ