ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

 މަގާމު:

 އެކައުންޓްސް އޮފިސަރ

 ބޭނުންވާ އަދަދު:

 1 އެކެއް

 ވަޒީފާގެ ބޭނުން:

  ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުގައި ހިމެނޭ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި ރާވާހިންގުމަށްޓަކައި    ބޭނުންވާ ބަޖެޓް ކަންތައް ރާވާ ހިންގުން.

 މަޤާމުގެ ގިންތި:

  ދާއިމީ

 ވަޒީފާ އަދާ ކުރަންޖެހޭ   ތަން:

  ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީސް

 މުސާރަ:

  -/8،500ރ

 އެހެނިހެން އެލްވަންސްތައް:

  ސާރވިސް އެލަވަންސް -/3،500ރ

  ލިވިންގ އެލަވަންސް -/3،000ރ

  ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

 ވަޒީފާއަދާކުރަންޖެހޭ   ސެކްޝަން:

  ކޯޕަރޭޓް އެފެއާރސް

 މަޤާމުގެ ޝަރުތު: 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 މަގާމުގެ މަސައްކަތަށް     ބޭނުންވާ އެހެނިހެން   ސިފަތައް:

  1. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  2. ސިއްރު ހިފެހެއްޓުން.
  3. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  4. ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
  5. ދިވެހި ދައުލަތުގެ މުދަލާއި ފައިސާއާއި ގުޅުން ހުރި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން.
  6. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
  7. މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
  8. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތައް:

  1. ދިވެހި ދައުލަތުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދުތަކާއި އެއްގޮތަށް ފައިސާގެ އެންމެހާ މަސައްކަތްތައް ކުރުން.
  2. ބަޖެޓް އަދި އެހެނިހެން އެކައުންޓުތަކުގެ ޚަރަދު ރިޕޯޓާއި މުވައްޒަފުންގެ މުސާރަ ޝީޓް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމުގެ ކުރިން ޗެކުކުރުމާއި، އަދި ފައިސާ ޚަރަދު ކުރުމަށް ތައްޔާރުކުރާ ވައުޗަރ، ޚަރަދުކުރުމަށް ހުއްދަދިނުމުގެ ކުރިން ޗެކުކުރުން.
  3. އެކައުންޓުތަކުގެ ބާކީ ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރު ކުރުން.
  4. ބަޖެޓާބެހޭ ގޮތުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
  5. އެހެން ސެކްޝަންތުން ތައްޔާރުކުރާ ބަޖެޓް ތައް އެކުލަވާލާ ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓް ހެދުން.
  6. އޮފީހުގެ އެހެން ސެކްޝަންތަކުން އެހީތެރިކަމެއް އެދިއްޖެ ހިދެއްގައި އެހީތެރިވުން.

 ވަޒީފާއަށް އެންމެ ޤާބިލް   ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް:

  1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.

 ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 ސުންގަޑި:

  މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13.00 ގެ      ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 ނޯޓް:

  • ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްރަންސް އޮމްބަޑްޕާރސަންގެ އޮފީހުގައެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަމްބަރާ ގުޅުއްވުން އެދެމެވެ.

07 އޮކްޓޯބަރ 2020

07 އޮކްޓޫބަރު 2020
ހޯދާ