ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލި ބަނދަރު ސަރަހައްދުގައިވާ ފޯދުނު 6 ރުއް ވަރުވާއަށް ކުއްޔަށް ދޫކުރުމާއި ބެހޭ!

މިއިދާރާގެ ނަމްބަރ: IUL)416/416/2020/58) އިޢުލާނުގައިވާ މުއްދަތަށް ބަދަލު ގެނައުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 ގދ. މަޑަވެލި ބަނދަރު ސަރަހައްދުގައިވާ ފޯދުނު 6 ރުއް ވަރުވާއަށް ކުއްޔަށް ދޫކުރުމާއި ބެހޭ!

ގދ. މަޑަވެލި ބަނދަރު ސަރަހައްދުގައިވާ ފޯދުނު 6 (ހަޔެއް) ރުއް އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވަރުވާއަށް ދޫކުރުމަށް 2020 ވަނަ އަހަރުގެ 23 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ. ރުކެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ 20/- (ވިހި ރުފިޔާ) އެވެ. ރުއްތައް ވަރުވާއަށް ދޫކުރެވޭ މުއްދަތަކީ މީލާދީ ގޮތުން 06 (ހަޔެއް) މަސް ދުވަސް ކަމަށް 2020 ވަނަ އަހަރުގެ 26 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ. ނަމަވެސް، ރުއްތައް ވަރުވާއަށް ހިފާ ފަރާތުން އެގްރިމެންޓަށް މުއްދަތު އިތުރު ކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގްރިމެންޓަށް މުއްދަތު އިތުރުކުރެވޭނެ އެވެ.

އެހެންކަމުން، މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން ރުއްތައް ވަރުވާއަށް ނަގާނެ ކުލި ބަޔާންކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، 2020 އޮކްޓޯބަރ 15ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގދ. މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ބަންދު ކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި " ގދ.މަޑަވެލި ބަނދަރު ސަރަހައްދުގައިވާ ފޯދުނު 6 ރުއް ވަރުވާއަށް ދޫކުރުމާއި ބެހޭ" މިހެން ލިޔުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ލިޔުންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

07 އޮކްޓޫބަރު 2020
ހޯދާ