މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:


ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

 

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 9400.00
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1،320ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2،640ރ ނުވަތަ

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ކ. ތިލަފުށި

ޝަރުޠު:                 

  • ހިއުމަން ރިސޯސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 07 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ހިއުމަން ރިސޯސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 05 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖްތަކަށް އަހުލުވެރިވެފައިވުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ޑިވިޜަންގެ އެންމެހައި އިދާރީ މަސައްކަތްކުރުން އަދި އެކަންކަމުގެ ލިއެކިޔުން ބެލެހެއްޓުމާއި ރިޕޯރޓްތައް ތައްޔާރުކުރުން.

މަޤާމް:

އެކްސްކަވޭޓަރ އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 03

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – (1 އަހަރު )

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 7600.00
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ކުންފުނިން ކަނޑައަޅައި ޕްރޮޖެކްޓް ސައިޓުގައި

ޝަރުޠު                 

  • އެކްސްކަވޭޓަރ ދުއްވުމުގެ ލައިސަންސް ލިބިފައިވުން އަދި؛ މަގާމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީން ކަނޑައަޅާ ސައިޓެއްގައި ސައިޓް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކްސްކަވޭޓަރ އޮޕަރޭޓްކުރުން. 

މަޤާމް:

ކްރޭން އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 4

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 7600.00
    • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ކުންފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

ޝަރުޠު                 

  • ކްރޭން އޮޕަރޭޓް ކުރުމުގެ ލައިސެންސް ލިބިފައިވުން
  • މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއިއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީން ކަނޑައަޅާ ސައިޓެއްގައި ސައިޓް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކްރޭން އޮޕަރޭޓްކުރުން. 

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 10 އޮކްޓޯބަރ 2020 ން 15 އޮކްޓޯބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 08 އޮކްޓޯބަރ 2020 ވަނަ ދުވަހު އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                            

 

05 އޮކްޓޯބަރ 2020

05 އޮކްޓޫބަރު 2020
ހޯދާ