މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހިތާދޫގައި ގޭގައި ތިބެގެން އާންމުދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ދަފްތަރެއް އެކުލަވާލުން:

ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ދަށުން ޤާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިރަށުގައި ނުރަސްމީ ދާއިރާގައި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ (ހޯމްބޭސްޑް ވޯކާސް) ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

          ވީމާ، ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު 13 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން މިއިދާރާއަށް ދެއްވުން އެދި ދެންނެވީމެވެ.

          މިމައުލޫމާތަކީ މުސަތަޤުބަލުގައި މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް އެކިގޮތްގޮތުން ފޯރުކޮށްދޭ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވަކިވަކި ގިންތިއަކަށް އަމާޒުކުރެވިގެން އެޚިދުމަތް ފަރުމާކޮށް އަދި އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ މައުލޫމާތު ކަމުގައި އެފަރާތުން އަންގައެވެ.

05 އޮކްޓޫބަރު 2020
ހޯދާ