މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާޢިދާ ޚިލާފަށް ވިލިމާލޭގެ ހުސްބިންތައް އެކިކަންކަމަށް ބޭނުންކުރުމާއިބެހޭ

ޤަވާޢިދާ ޚިލާފަށް ވިލިމާލޭގެ ހުސްބިންތައް އެކިކަންކަމަށް ބޭނުންކުރުމާއިބެހޭ

ވިލިމާލޭގެ ހުސްބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން މިއިދާރާއަށް ފާހަގަކުރެވިފައިވާތީ، މިކަން ވާނީ އިޢުލާނު ނަންބަރު IUL)425-A3/1/2019/110 )އ24 ނޮވެމްބަރު 2019 އިން މަނާކުރެވިފައެވެ. ފަހަކަށް އައިސް ވިލިމާލޭގެ އެކިސަރަޙައްދު ތަކުގައި ހުރި ހުސްބިންތައް ހުއްދަނުނަގާ ބިއްގަނޑު ޖަހާ ބަންދުކޮށް ގަސް އިންދާ ހައްދަން ބޭނުންކުރެވެމުންދާ ކަމަށާއި، މިކަމަކީ މާލެ ސިޓީގެ ހުސްބިންތަކާއި، އެކިސަރަހައްދުތަކާއި އަދި މަގުމަތީ ތަކެތި ބެހެއްޓުމުގެ ޤަވާޢިދު ނަންބަރު 2017/R-64  (10 އޯގަސްޓް 2017) އާއި ޚިލާފް ކަމަކަށް ވާތީވެ، މިއަދުން ފެށިގެން (05 އޮކްޓޫބަރު 2020، ހޯމަ) 01 މަސް ދުވަހުގެ ތެރޭގައި ގަސްތައް ނެންގެވުމަށްފަހު ތަން ސާފުކުރުމަށް އަންގައި އިޢުލާންކުރީމެވެ. އަދި މިމުއްދަތު ހަމަވުމުން ނުނަންގަވާ ހުރި ގަސްތައް ނެގުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއިއެކު މާލޭ ސިޓީ ކައުންސިލްއިން ކުރިއަށް ގެންދާނެ ކަމަށާއި މިގޮތަށް ނެގޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ މިއިދާރާއިން ނެގެން ނޯންނާނެކަމުގައި އަންގާ އިޢުލާނުކުރީމެވެ.

               18 ޞަފަރު  1442

 

05 އޮކްޓޫބަރު 2020
ހޯދާ