މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާޢިދާ ޚިލާފަށް ވިލިމާލޭގެ ހުސްބިންތައް ބޭނުންކުރުމާއި ތަކެތި ބެހެއްޓުމާއިބެހޭ

ޤަވާޢިދާ ޚިލާފަށް ވިލިމާލޭގެ ހުސްބިންތައް ބޭނުންކުރުމާއި ތަކެތި ބެހެއްޓުމާއިބެހޭ

ވިލިމާލޭގެ ހުސްބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން މިއިދާރާއަށް ފާހަގަކުރެވިފައިވާތީ، މިކަން ވާނީ އިޢުލާނު ނަންބަރު IUL)425-A3/1/2019/110) އ24 ނޮވެމްބަރު 2019 އިން މަނާކުރެވިފައެވެ. ފަހަކަށް އައިސް ވިލިމާލޭގެ ހުސްބިންތައް ހުއްދަނުނަގާ ބިއްގަނޑު ޖަހާ ބަންދުކޮށް އެކިކަންކަމަށް ބޭނުންކުރެވެމުންދާ ކަމަށާއި، މިކަމަކީ މާލެ ސިޓީގެ ހުސްބިންތަކާއި، އެކިސަރަހައްދުތަކާއި އަދި މަގުމަތީ ތަކެތި ބެހެއްޓުމުގެ ޤަވާޢިދު ނަންބަރު 2017/R-64  (10 އޯގަސްޓް 2017) އާއި ޚިލާފް ކަމަކަށް ވާތީއާއި މިކަމުގެ ސަބަބުން ރަށު ތެރެ ސާފުކޮށް ބެލެހެއްޓުމަށް އުދަނގޫ ވަމުން ދާތީވެ، މިއަދުން ފެށިގެން (05 އޮކްޓޫބަރު 2020، ހޯމަ) 48 ގަޑިއިރުތެރޭގައި ހުސްބިންތަކުގައިވާ ތަކެތި (ޓިނު ބިއްގަނޑު، ދައު، ލަކުޑި، ދަގަނޑު، ފުޅި، ހަން ބުރި، ގޯނި ފަދަ ތަކެތި) ނެންގެވުމަށްފަހު ތަން ސާފުކުރުމަށް އަންގައި އިޢުލާންކުރީމެވެ. އަދި މިމުއްދަތު ހަމަވުމުން ނުނަންގަވާ ހުރި ބިއްގަނޑުތައް ރޫޅާލުމާއި ތަކެތި ނެގުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއިއެކު މާލޭ ސިޓީ ކައުންސިލްއިން ކުރިއަށް ގެންދާނެ ކަމަށާއި މިގޮތަށް ނެގޭ ތަކެތި ކުނި މެނޭޖްކުރުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލެވޭނެ ކަމުގައި އިޢުލާނުކުރީމެވެ.

                               18 ޞަފަރު  1442

05 އޮކްޓޫބަރު 2020
ހޯދާ