މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަބޭނުމަށް ކުރާ މަސްވެރިކަމުގައި ދާއަޅައިގެން މުށިމަސް ހިފުމާއި އެންހިފުމުގެ މައްސަލައާގުޅޭ

އިޢުލާން

           އަމިއްލަބޭނުމަށް ކުރާ މަސްވެރިކަމުގައި ދާއަޅައިގެން މުށި މަސްހިފުމާއި އެންހިފުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމުޤަވާޢިދު 2020/R-75 ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއް ކަމުގައި ހަމަޖައްސާފައި ވަނިކޮށް މިޤަވާޢިދާ ޚިލާފަށް ބައެއް އުޅަނދުތަކާއި ފަރާތްތަކުން މިރަށު ފަޅުތެރެއިން މަސްހިފާ އަދި އެން ހިފަމުންދާކަން މިކައުންސިލަށް މަޢުލޫމާތު ލިބެމުން ދެއެވެ.

           ވީމާ، އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އަންގަމެވެ. އަދި އެބާވަތުގެ ޢަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލާ، ޤަވާޢިދުން ފިޔަވަޅު އެޅޭނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2020
ހޯދާ