ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
އައިޓީ ކޮންސަލްޓަންސީދޭނެ ފަރާތެއް ހޯދުން

     ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ މަސައްކަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހަރުދަނާކޮށް މިކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށާއި އޮފީހުގެ އައިޓީއާގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންސަލްޓަންސީދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 8 އޮކްޓޫބަރު 2020 ވާ ބްރާސްފަތި ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

     މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

     މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

04 އޮކްޓޫބަރު 2020
ހޯދާ