މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް އިތުރަށް ފުރުސަތު ހުޅުވާލުން

އިޢުލާން

  1. ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ އެ ފަރާތްތަކަށް ދިނުމަށް ބޭނުންވެގެން މި މިނިސްޓްރީ އިން ކުރި ނަންބަރު (IUL)22-E/22/2020/69 އިއުލާނަށް ކުރިމަތިލީ ގިނަ ފަރާތްތަކުން ހުށައަޅަންޖެހޭ ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީ، އެ ފަރާތްތަކުން ޑޮކިޔުމެންޓްތައް ފުރިހަމަކޮށް ހުށަހެޅުމަށާއި، މިކަމަށްއެދި ކުރިމަތިލި ފަރާތްތައް މަދުކަމަށް ފެންނާތީ، ވީހާވެސް ގިނަ ފަރާތްތަކަށް މި އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެހީއަށް އެދި ހުށައެޅުމަށް ފުރުސަތު އިތުރަށް ހުޅުވާލަމެވެ.
  2. މިމިނިސްޓްރީ އިން މިކަމަށް ކުރި އިޢުލާން ނަމްބަރ (IUL)22-E/22/2020/69 އާއި ގުޅިގެން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބާތިލު ނުވާނެއެވެ. އިޢުލާން ނަންބަރު (IUL)22-E/22/2020/69 ދަށުން އެޕްލިކޭޝަން ހުށައެޅުއްވި ފަރާތްތަކުތެރެއިން، ހުށަހަޅާފައިވާ ލިޔުންތައް ފުރިހަމަވެފައިވާ ފަރާތްތަކަށް ލިޔުންތައް ފުރިހަމަވެފައިވާކަން މިމިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެއެވެ. އަދި ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް އެލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމަށް މިމިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެއެވެ. އަދި މިފަރާތްތަކުންވެސް މި އިއުލާންގައިވާ ސުންގަޑީގެ ކުރިން އެލިޔުންތައް ފުރިހަމަކުރުމަށްފަހު ހުށައަޅުއްވަން ވާނެއެވެ. ލިޔުންތަށް ފުރިހަމަކޮށް އެޕްލިކޭޝަން ހުށައެޅިފައިވާކަން ކަށަވަރު ކުރުމަކީ ހުށައަޅުއްވާ ފަރާތުގެ ޒިއްމާއެކެވެ. 

  3. ކޯވިޑް-19 އާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު "ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް" ގައި ބަޔާންކޮށްފައިވާނެއެވެ.

  4. ޕްރީ ސްކޫލުތަކުން ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި ތިރީގައި އެވަނީއެވެ.

    • ރަޖިސްޓްރީގެ ކޮޕީ (މި ޑޮކިއުމެންޓް ހުށައަޅާފައި ނުވާނަމަ ފޯމް ބާތިލުވާނެ)
    • އެކައުންޓް ނަންބަރާއި ވެރިފަރާތް އަންގައިދޭ ބޭންކު އެކައުންޓް ވެރިފައިކުރެވޭނެ ލިޔުމެއް (މި ޑޮކިއުމެންޓް ހުށައަޅާފައި ނުވާނަމަ ފޯމް ބާތިލުވާނެ)
    • ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް (މި ޑޮކިއުމެންޓް ހުށައަޅާފައި ނުވާނަމަ ފޯމް ބާތިލުވާނެ)
    • 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހަޅާފައިނުވާނަމަ އެފަރާތެއްގެ އަހަރީ ރިޕޯޓުގެ ކޮޕީ (މި ޑޮކިއުމެންޓް ކުރިން މިނިސްޓްރީއަށް ހުށައަޅާފައި ނުވާނަމަ ނުވަތަ އެޕްލިކޭޝަނާއެކު ހުށައަޅާފައި ނުވާނަމަ ފޯމް ބާތިލުވާނެ)
  5. ޤުރްއާން ކުލާސްތަކުން ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި ތިރީގައި އެވަނީއެވެ.

    • ރަޖިސްޓްރީގެ ކޮޕީ (މި ޑޮކިއުމެންޓް ހުށައަޅާފައި ނުވާނަމަ ފޯމް ބާތިލުވާނެ)
    • ދަރިވަރުންގެ ލިސްޓް (މި ޑޮކިއުމެންޓް ހުށައަޅާފައި ނުވާނަމަ އަދި ލިސްޓްގައި ދަރިވަރުގެ ނަން، ގޭގެ އެޑްރެސް، ގްރޭޑް، އައިޑީކާޑް ނަންބަރު ހިމަނާފައިނުވާނަމަ ފޯމް ބާތިލުވާނެ)
    • މުވައްޒަފުންގެ ލިސްޓް (ޓީޗަރުންނާއި އެޑްމިން)، އައި.ޑީ.ކާޑް ކޮޕީ އަދި ޓީޗަރުންގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ- (މި ޑޮކިއުމެންޓްތައް ހުށައަޅާފައި ނުވާނަމަ ފޯމް ބާތިލުވާނެ)
    • އެކައުންޓް ނަންބަރާއި ވެރިފަރާތް އަންގައިދޭ ބޭންކު އެކައުންޓް ވެރިފައިކުރެވޭނެ ލިޔުމެއް (މި ޑޮކިއުމެންޓް ހުށައަޅާފައި ނުވާނަމަ ފޯމް ބާތިލުވާނެ)
  6. "ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް"، އަދި ފައިސާގެ އެހީއަށްއެދި ހުށަހަޅާ ފޯމް "ކޮވިޑް 19 އާއި ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

  7. ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމް (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު) ފުރިހަމަ ކުރުމަށްފަހު (ހުށަހަޅަންޖެހޭ ލިސްޓްތައް ސޮޕްޓް އަދި ޕީ.ޑީ.އެފް ފޯމެޓްގައި) 2020 އޮކްޓޫބަރު 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް[email protected] އަށް ފޮނުވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ސުންގަޑީގެ ފަހުން ލިބޭ އެޕްލިކޭޝަންތައް ބާތިލުވާނެއެވެ.  

  8. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް ނުވަތަ ފޯން ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

    ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ޑިވިޜަން

    މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    ވެލާނާގެ، 9 ވަނަ ފަންގިފިލާ

    އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

    ފޯން:  7838201

    އީ-މެއިލް: [email protected]

    ކޮޕީ އީ-މެއިލް: [email protected]

     

    15 ޞަފަރު  1442

    02 އޮކްޓޫބަރު 2020

 

03 އޮކްޓޫބަރު 2020
ހޯދާ