އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތޮއްޑޫގެ 2 ގެސްޓް ބީޗްގައި 5 ބީޗް ހަޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ތޮއްޑޫގެ ދެކުނު ފަރާތުގެ ގެސްޓް ބީޗުގައި 2 (ދޭއް) ހަޓް އަދި 1 (އެކެއް) ބީޗްޝޭޑް އުތުރު ފަރާތުގެ ގެސްޓް ބީޗުގައި 1 ހަޓް އަދި 1 (އެކެއް) ބީޗްޝޭޑް މި އިދާރާއިން ދޭ ކުރެމާއި އެއްގޮތައް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށް ދޭނެ ފާރާތެއް ހޯދުމަށްޓަކައި ފުރުޞަތު ހުޅުވާލަމެވެ.

           މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތް ކުރުމަށް ޝަރުޠު ހަމަވާ، ޝައުޤްވެރިވާ ފަރާތްތަކުން އައި.ޑީ.ކާޑުގެ ކޮޕީއާއި ވިޔަފާރި ހުއްދައިގެ ކޮޕީ ހިއްޕަވައިގެން  މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް  2020 އޮކްޓޫބަރ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައުންސިލްއިދާރާގެ  ޖަލްސާކުރާ މާލަމަށް ވަޑައިގެން ދެއްވުން އެދެމެވެ.  ބިޑް ހުށަހެޅުން އޮންނާނީ 2020 އޮކްޓޫބަރ 11 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކައުންސިލްއިދާރާގެ  ޖަލްސާކުރާ މާލަމުގައެވެ.     

                     މިހެންވެ މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ.

01 އޮކްޓޫބަރު 2020
ހޯދާ