މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

ކާޕެންޓަރ

ބޭނުންވާ އަދަދު:           

  • 04

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 7600 ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް

ޝަރުޠު                 

  • މި ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއިއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކާޕެންޓްރީ މަސައްކަތް ރަގަޅު ފެންވަރުގައި ކުރުން، އަދި ހަވާލުކުރެވޭ މަސައްކަތްތައް ރޭވުމާއި، ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ނިންމުން

މަޤާމް:

 އެކްސްކަވޭޓަރ އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 04

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 7600 ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް

ޝަރުޠު                 

  • އެކްސްކަވޭޓަރ ދުއްވުމުގެ ލައިސަންސް ލިބިފައިވުން
  •  މަގާމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީން ކަނޑައަޅާ ސައިޓެއްގައި ސައިޓް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކްސްކަވޭޓަރ އޮޕަރޭޓްކުރުން.

 ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

ޗީފް އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު

މުސާރައާއި ޢިނާޔަތްތައް:

  • ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އިންޓަރނޭޝަނަލް ޓަގު  (މާލެ/އިންޑިއާ/ސްރީ ލަންކާ /މެލޭޝިޔާ އާއި ދެމެދު ދަތުރުކުރާ ޓަގު)

ޝަރުޠު:                 

  • މަޤާމުގެ ކޮމްޕީޓެންސީ ސެޓްފިކެޓް ލިބިފައިވުން.
  • މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަންގެ ޤަވާޢިދާއި އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން.
  • އުމުރުން 65 އަހަރަށްވުރެ މަތީފަރާތަކަށް ނުވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 06 އޮކްޓޯބަރ 2020 ން 10 އޮކްޓޯބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 05 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 15:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                                 

 

 

01 އޮކްޓޯބަރ 2020

01 އޮކްޓޫބަރު 2020
ހޯދާ