މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 45 ގެއަށް ޕޮއިންޓް ދިނުމުގެ އުޞޫލާގުޅޭ

ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން A ކެޓަގަރީގެ ދަށުން ދޫކުރެވޭ 45 ގެ ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 08 ވަނަ ނަންބަރަށް ޕޮއިންޓް ދިނުމުގައި " ތިމާގެ މަންމަގެ ނުވަތަ ބައްޕަގެ ނަމުގައި އެއްވެސް އިރެއްގައި ގޯއްޗެއް ލިބިފައި ނެތްނަމަ" މިހެން އޮތުމުގެ ބަދަލުގައި ގެއަށް އެދި ފޯމް ހުށަހެޅި އިރު ގެއަށް އެދި ކުރިމަތިލާ ފަރާތުގެ މަންމަ ނުވަތަ ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ، މިގޮތަށް ބަދަލުކޮށް، އެނަންބަރުގެ ދަށުން ލިބިދެވޭ ޕޮއިންޓް ހަމަހަމަ އުޞޫލެއްގެ ދަށުން ދެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

އަދި ވަގުތީ ލިސްޓް ޢާއްމުވީއިރުވެސް "ގެއަށް އެދި ފޯމް ހުށަހެޅި އިރު ގެއަށް އެދި ކުރިމަތިލާ ފަރާތުގެ މަންމަ ނުވަތަ ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއް، ބޯހިޔާވަހިކަމެއް ނެތްނަމަ" އެފަރާތްތަކަށްވާނީ މިދެންނެވި އުޞޫލުގެ ދަށުން ޕޮއިންޓް ދެވިފައެވެ.

      މިހެންވެ، މިކަން އާންމުންކޮށް އަންގާ އިޢުލާނު ކުރީމެވެ.

01 އޮކްޓޫބަރު 2020
ހޯދާ