ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުމަށް ކުރިން ކުރެވުނު ނަމްބަރު 60-ADM/2020/142 (17 ސެޕްޓެމްބަރު 2020) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލްކޮށް އެ އިއުލާނުގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން 07 އޮކްޓޯބަރު 2020 ވާ ބުދަ ދުވަހުގެ09:00 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ.   

 

  • ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ބިލް ހަވާލުކުރާތާ މަސައްކަތު 7 ދުވަސް ތެރޭގައި ފައިސާ ދައްކަވައި ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ ނީލަމުގައި ދެން އެންމެ މަތިން އަގު ހުށަހަޅުއްވާފައިވާ ފަރާތަށް ފުރުސަތު ދެވޭނެއެވެ.

 

30 ސެޕްޓެންބަރު 2020
ހޯދާ