އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ މެއިން ކޭބަލް އަދި ކޯޓުގެ ކަރަންޓް ވައިރިންގ ބަދަލުކުރުން

ސުރުޙީގައި ދެންނެވިފައިވާ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 11 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 13:00 ގައި، އަދި، އަންދާސީ ހިސާބު ހުށަހެޅުން، 19 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 13:00 ގައި، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓު އަދި އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މި ސެޝަނަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށްޓަކައި ބޭނުންވެލައްވާ ލިޔުންތައް، އިސްވެ މިދެންނެވި މަޢުލޫމާތުދޭ ސެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެ ސެޝަންގައި ދޫކުރެވެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮކްޓޫބަރު 2020
ހޯދާ