މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބުބޭނުންވެއްޖެ

  1. މިރަށު  މަސްޖިދު މޫސާޢަލީގައި ކުލައާއި ދަވާދު އަދި ވަރުނީސްލާން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން 01 އޮކްޓޯބަރ 2020 ން 07 އޮކްޓޯބަރ 2020 އަށް މިއިދާރާގައި ނަންނޯޓް ކުރަންވާނެއެވެ. ނަން ނޯޓްކުރުން އޮންނާނީ ރަސްމީ ދުވަސްދުވަހު ހެދުނު 09:30 ން 12:00 އާ ދެމެދުއެވެ.
  3. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 08 އޮކްޓޯބަރ 2020 ދުވަހުގެ 12:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވަން ވާނެއެވެ.
  4. މިމަސައްކަތާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
  5. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 25 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
  6. މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ

ފޯން:  6600007

އީމެއިލް: [email protected]

30 ސެޕްޓެންބަރު 2020
ހޯދާ