މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 15.09 ގޭގެ ރަޖިސްޓްރީ ކުރުމާއިބެހޭ

                        ރ.ދުވާފަރު 15.09 ނަމްބަރުގޭ ރ.ކަނދޮޅަދޫ ފިނޮޅު އަލްފާޟިލް މުޙައްމަދު ޙަސަން މަނިކު ގެނަމުގައި ރަޖިސްޓްރީކޮއް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

                      މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައ، ރ.ދުވާފަރު 15.09 ނަމްބަރުގޭ ރ.ކަނދޮޅަދޫ ފިނޮޅު އަލްފާޟިލް މުޙައްމަދު ޙަސަން މަނިކު ގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                       12 ޞަފަރް 1442

                       29 ސެޕްޓެމްބަރ 2020

 

 

އިބްރާހީމް ނަޞީރު   

ރ.ދުވާފަރު ކައުންސިލްގެ ރައީސް

29 ސެޕްޓެންބަރު 2020
ހޯދާ