މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 62.01 ގެ ރަޖިސްޓްރީ ކުރުމާއިބެހޭ

                        ރ.ދުވާފަރު 62.01 ނަމްބަރުގޭ ތިރީގައިވާ ފަރާތްތަކުގެނަމުގައި ރަޖިސްޓްރީކޮއް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

                      މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައ، ރ.ދުވާފަރު 62.01 ނަމްބަރުގޭ ތިރީގައިވާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އަތޮޅާއި ރަށް

ދާއިމީ އެޑްރެސް

ރަޖިސްޓްރީ ކުރަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ނަން

#

ރ. ކަނދޮޅަދޫ

ކާނިމާގެ

އާމިނަތު މޫސާ

1

ށ. މިލަންދޫ

ވިނަމާ

ވިދުނާ މުޙައްމަދު

2

ރ. ކަނދޮޅަދޫ

ކާނިމާގެ

އިބްރާހީމް މުޙައްމަދު

3

ރ. ކަނދޮޅަދޫ

ކާނިމާގެ

ޙުސައިން މުޙައްމަދު

4

 

                       12 ޞަފަރް 1442

                       29 ސެޕްޓެމްބަރ 2020

އިބްރާހީމް ނަޞީރު   

ރ.ދުވާފަރު ކައުންސިލްގެ ރައީސް

29 ސެޕްޓެންބަރު 2020
ހޯދާ