ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަގަށް އަރާރުއްގަހަށް ބަދަލުދިނުމާބެހޭ

އިޢުލާން

މަގުމަގަށް އަރާރުއްގަހަށް ބަދަލުދިނުމާބެހޭ

ތ. ކިނބިދޫގައި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ތިރީގައި މިދަންނަވާ މަގުތަކުގައި ހުރި ރުއްތަކުގެ ސަބަބުން އެމަގުތަކުގައިހުރި ރުއްގަހުގެ ސަބަބުން އެމަސައްކަތް ކުރުމަށް ދަތިވަމުންދާތީ، އެ މަގުތަކުގައި ހުރި ރުއްގަސްތައް ކަނޑަން ބޭނުންވެއެވެ. މިރުއްގަހުގައި ގަދަ ނޫކުލައިގެ ދަވާދުން 74 ން 84 އަށް ނަމްބަރު ޖަހާފައިވާނެއެވެ.

ރަންގުދުކޮޅުހިނގުން

   74، 75، 76، 77، 78، 79                         

ރޯޝަނީމަގު

   80   

ބޯޅަދަނޑުމަގު

   81   

މުޙައްމަދުޞާލިޙްމަގު

   82، 83، 84

 ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތްތަކުން ބަދަލުފައިސާ ހޯއްދެވުމަށް ރުއްގަހުގައި ޖަހާފައިވާ ނަމްބަރާއި، ފައިސާ ޖަމާކުރަންބޭނުންވާ ފަރާތުގެ ބޭންކް އެކައުންޓް ނަމްބަރ އެނގޭނެ އިތުބާރުހިފޭ ލިޔުމަކާއެކު (އެކައުންޓް ނަމްބަރ އެނގޭނެ ސްލިޕްކޮޅެއް ނުވަތަ ޗެކް ގެ ފޮޓޯކޮޕީއެއް) 08 އޮކްޓޫބަރ 2020 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިއުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިމުއްދަތުގެ ތެރޭގައި މިރުއްގަހާބެހޭ ގޮތުން އެއްވެސް ލިއުމެއް މިއިދާރާއަށް ހުށަހަޅުއްވާފައި ނުވާ ރުއްގަހަކީ ވެރިއަކު ނެތް ރައްޔިތުންގެ ރުއްގަހުގެ ގޮތުގައިބަލައި ނީލަންކިޔައި ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ. މިގޮތަށް ހަމަޖައްސަން ޖެހުނީ މިރުއްގަހުގެ ވެރިފަރާތްތަކުން ރުއްގަހަށް ދީފައިވާ ރަޖިސްޓަރީ ނަމްބަރ އާއި ވެރިފަރާތުގެ ނަން އައު ކުރުމަށް ތަކުރާރުކޮށް އަންގައި އެކަމަށް ޢަމަލީ ސިފައެއް އައިސްފައި ނުވާތީއެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނު ކުރީމެވެ.

            11 ޞަފަރު    1442  

            28 ސެޕްޓެމްބަރ 2020  

29 ސެޕްޓެންބަރު 2020
ހޯދާ