ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތީގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުން

   ތިރީގައި މިދަންނަވާ ގޯތިތަކުގައި ހުރި ވެރިޔަކު ނޭގޭ ރުއްގަހުގެ ވެރިން ސާފުކުރަން ބޭނުންވެއްޖެއެވެ.

   މިރަށު ބަނަފުސާގެ މުޙައްމަދު ޒުހައިރަށް ދޫކޮށްފައިވާ ގޯތީގައި ހުރި ވެރިޔަކު ނޭގޭ 1 ރުއް،

   ފިނިފެންމާގޭ އަޙުމަދު ޙުސައިނަށް ދޫކޮށްފައިވަ ގޯތީގައި ހުރި ވެރިޔަކު ނޭގޭ 2 ރުއް،

   މާވިލާގޭ މުޙައްމަދު އިބުރާހިމަށް ދޫކޮށްފައިވާ ގޯތީގައި ހުރި ވެރިޔަކު ނޭގޭ 01 ރުއް،

   ހަނދުވަރީހައުސް ޢަލީ ނިމާދަށް ދޫކޮށްފައިވާ ގޯތީގައި ހުރި ވެރިޔަކު ނޭގޭ 01 ރުއް

   ހަތިހާ ޒޫނާ އިބުރާހިމަށް ދޫކޮށްފައިވާ ގޯތީގައި ހުރި ވެރިޔަކު ނޭގޭ 01 ރުއް

   އުދަރެސް އަޙުމަދު ސާފިއުއަށް ދޫކޮށްފައިވާ ގޯތީގައި ހުރި ވެރިޔަކު ނޭގޭ 01 ރުއް

   ގޯތީގައި ހުރި ރުކުގައި ވެރިޔަކު ނޭގޭ ލިޔެބޯޑް ބަހައްޓާފައި ހުންނާނެއެވެ. މިގޯތި ވަށައިގެން ޓޭޕް ދަމާފައި ހުންނާނެއެވެ. މިގޯތީގައި ހުރި ރުއްގަހުގެ ވެރިޔަކުވާނަމަ 06 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް އެންގެވުން އެދެމެވެ.

   އަދި މިމުއްދަތުގައި މިރުއްގަހުގެ ވެރިން ނައިސްފިނަމަ އެރުއްގަހަކީ، ޤާނޫނު ނަމްބަރ 92/5 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.

   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ސެޕްޓެންބަރު 2020
ހޯދާ