މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރަކު ހޯދުން.

          މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މީހަކު ހޯދަންބޭނުން ވެއްޖެއެވެ.

  • މަޤާމް:                    އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)
  • މަސައްކަތް ކުރަންޖެހޭ ތަން:       މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
  • މުއްދަތު:                   03 (ތިނެއް) މަސް ދުވަސް
  • މުސާރަ:                   ދުވާލަކުު 217.33 ރުފިޔާ (ދުއިސައްތަ ސަތާރަ ރުފިޔާ ތެއްތިރީސްލާރި)
  • ބޭނުންވާ ޢަދަދު:              1 ( އެކެއް )

ފެންވަރު ނުވަތަ ޝަރުތު:         

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

  1. މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އާރބަން ސްޓަޑީޒް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • ·         ސިޓީ ހުށަހަޅަންވީ ތާރީޚާއި ތަން: 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 12.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް.
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

މި ވަޒީފާއަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ މީހަކު ހޮވުމުގައި އިސްކަންދޭނީ ތަޢްލީމީ ފެންވަރަށާއި މި އިދާރާއިން ކުރެވޭ އިންޓަރވިއުގެ ނަތީޖާއަށެވެ.

29 ސެޕްޓެންބަރު 2020
ހޯދާ