މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅު ތެރެއިން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި، ކޮވިޑް 19 އާއި ގުޅިގެން ފަސްކުރުމާއި ގުޅޭ

ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން ދެއްވި 06 މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު ވަނީ 2020 އޮގަސްޓް 31 އަށް ހަމަވެފައެވެ. ނަމަވެސް ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދެއްވުމަށް އެދެމުންދާތީވެ ސެޕްޓެމްބަރު 2020 އިން ނޮވެމްބަރު 2020 ނިޔަލަށް 03 (ތިނެއް) މަހަށް ކުލި ނެގުން ފަސްކުރުމަށް ތިރީގައި އެވާ ގޮތުގެ މަތިން ވަނީ ހަމަޖެހިފައެވެ.

- ކުލި ފަސްކުރާ މިމުއްދަތުގައި މެއިންޓެނެންސް ފީ ދައްކަވަންޖެހޭނެވެ.

- ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެއެވެ.

ވީމާ، ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން އައިޑީކާޑުގެ ކޮޕީއާއި މި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް މި މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 4004968 ނުވަތަ 4004969ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

28 ސެޕްޓެންބަރު 2020
ހޯދާ