މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ؛

އަންދާސީ ހިސާބު ބޭނުންވެއްޖެ؛

 

           މިކޯޓުގެ ކޯޓުރޫމުގައި ޖަހާފައިވާ މުށިތައް ނަގާ އައު މުށިޖެހުމާއި، ސީލީންގެ ބަދަލުކުރުމާއި، ސީލިންގގެ ލައިޓްތައް ލެޑްލައިޓަށް ބަދަލުކުރުމާއި، ކަރަންޓް ވައިރިންގ އެޅުމާއި، ކުލަދަވާދުގެ މަސައްކަތްކުރުމާއި، ސްޓޭޖާއި، ކުޑަދޮރުތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.  

            ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  • ·        މަޢުލޫމާތު ސާފުކުރުން: 04 އޮކްޓޯބަރ 2020 ދުވަހުގެ 13:00
  • ·        އަންދާސީ ހިސާބު ހުށަހެޅުން: 08 އޮކްޓޯބަރ 2020 ދުވަހުގެ 13:00

 

           މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580424 ނަންބަރަށް ގުޅުއްވުން އެދެމެވެ.

27 ސެޕްޓެންބަރު 2020
ހޯދާ