މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

                          އިޢުލާން

މަޤާމް:

ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޑިޕާޓްމަންޓް

ކޮމިއުނިޓީ އެމްޕަވަރމަންޓް ޑިޕާޓްމަންޓް

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރުފަހު 16:00 އަށް (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

މުސާރަ:

މަހަކު 25000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ކޮމިއުނިޓީ އެމްޕަވަރމަންޓް (މުޖްތަމަޢު ބާރުވެރިކުރުމުގެ) މެނިފެސްޓޯ ތަންފީޒުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ލަފަޔާ އިރުޝާދުދީ އެޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  2. މުޖްތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިން މިނިސްޓްރީން ހިންގާ ޕްރޮގްރާމްތައް ފަރުމާކުރުމުގައާއި ހިންގުމުގައި ބޭނުންވާ ޓެކްނިކަލް  އެހީތެރިކަން ދިނުން.
  3. މުޖުތަމަޢު ބާރުވެރިކުރުން ކުރިއެރުވުމަށްޓަކައި އެ ދާއިރާއިން މިނިސްޓްރީއަށް ބޭނުންވާ ތަފާތު ރިސާރޗްތައް ހެދުން.
  4. ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެން.ޖީ.އޯ. ތަކުގެ ހިންގުން ހަރުދަނާކޮށް އެން.ޖީ.އޯ ތަކުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އެ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. ބޭރުގެ ޤައުމުތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މުޖުތަމަޢު ބާރުވެރިކުރުމުގެ ޙަރަކާތްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.
  6. ހިލޭސާބަހަށް މަސައްކަތްކުރާ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތައް ކުރިއެރުވޭނޭ ގޮތްތަކާއި ހިތްވަރުދެވޭނޭ ގޮތްތައް ހޯދާ ބަލާ، އެހީތެރިވެދިނުން. އަދި އެފަދަ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކޮށް ތަރައްޤީކޮށް، ކުރިއެރުވުމަށް އެހީތެރިވެދިނުން.
  7. ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ޙަރަކާތްތަކަށް ރައްޔިތުން ޝައުޤުވެރިކުރުވުމާއި، ޖަމާޢަތްތަކުގެ ޙަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން.
  8. ސަރުކާރުގެ އިދާރާތަކާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާއި، ޕްރައިވެޓް ސެކްޓަރު ގެ ގުޅުން  ޤާއިމްކޮށް، ތަރައްޤީކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  9. އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ޤައުމީ ފޯރަމެއް ޤާއިމް ކުރުން.
  10. މުޖްތަމަޢުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރާވާ ހިންގުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ސޯޝަލް ސައިންސް ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ނުވަތަ މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ސޯޝަލް ސައިންސް ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ނުވަތަ މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތްނަމަ ނެތްކަން މި ސިޓީގައި ހިމަނަންވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ ލިޔުން.

(ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.  

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު %50
  • މަސައްކަތުގެ ތަޖުރިބާ. %30
  • އިންޓަވިއު. %20
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • މުޖުތަމަޢު ބާރުވެރިކުރުމާއި ގުޅުންހުރި ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތް (އެން.ޖީ.އޯ.) ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް މުޖްތަމަޢު ބާރުވެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ރާވާ ޢަމަލީ ގޮތުން ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މުޖްތަމަޢު ބާރުވެރިކުރުމުގެ ދާއިރާ އާއި ގުޅުންހުރި ޕްރޮގްރާމްތައް ރާވާ، ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.
  • ރިސަރޗް މަސައްކަތް ރޭވުމާއި، ރިސަރޗް ހެދުމުގެ ތަޖްރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.
  • ކަންތައްތައް ޙައްލުކުރުމުގައި ބަސް މޮށުންތެރިކަމުގެ ހުނަރު ހުރުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ހުށަހަޅާނީ 01އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 އޮކްޓޯބަރ 2020 އާއި 04 ނޮވެމްބަރ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347329  ނުވަތަ  3347316 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

22 ސެޕްޓެންބަރު 2020
ހޯދާ