އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ފާލަމަށް ބޭނުންވާ ލަކުޑި ހޯދުމާ ބެހޭ

ފާލަމަށް ބޭނުންވާ ލަކުޑި ހޯދުމާ ބެހޭ

އުތުރު ބަނދަރު ހުޅަނގުބެޑުގައި ހަދަމުންދާ ފާލަމަށް ބޭނުންވާ ހާޑްވުޑް ލަކުޑި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)350-LH/350/2020/67 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. 

މި މިމަސައްކަތާއި އަދި ބީލަމާއި ގުޅޭ މަޢުލޫމާތު ހިމަނާފައިވާ  "މަޢުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި ކައުންސިލްގެ ރިސެޕްޝަނުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ސެޕްޓެންބަރު 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލްގެ ގެ އީމެއިލް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ. 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން 

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ. 

ބީލަން ހުށަހަޅާނީ 30 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހު 13:00 ކުރިން މި ކައުންސިލްގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 

22 ސެޕްޓެންބަރު 2020

22 ސެޕްޓެންބަރު 2020
ހޯދާ