އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިގުރަށުން ބަންޑާރަ ގޯތި ދޫކުރުން

 

 

 

 

 

 

 

 

 

                                                          

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް،ދިވެހިރާއްޖެ.                                                                   

 ނަންބަރު: 353/2020/39      

 

 

އިޢުލާން

އދ.ދިގުރަށުން ބަންޑާރަގޯތި ދޫކުރުން

 

އަރިއަތޮޅު ދެކުނުބުރީ ދިގުރަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް 21 ސެޕްޓެމްބަރ 2020 އިން ފެށިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުން މި ބުރުގައި މިރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ 52 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

    ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާ ފަރާތްތަކުން " ދިރިއުޅަށްޓަކައި އދ. ދިގުރަށުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 21 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އދ.ދިގުރަށް ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

           ގޯއްޗަށް އެދޭ ފޯމް ދޫކުރުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:00 އިން މެނދުރު 12:00 އާ ދެމެދުއެވެ. ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ މެންދުރު 12:00 އިން 14:00 އަށެވެ.

ގޯއްޗަށް އެދޭ ފޯމު ލިބޭނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އެނާގެ ބަދަލުގައި ފޮނުއްވާ މީހަކު މި އިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ފޮނުއްވަން ވާނެއެވެ. އެ ސިޓީގައި ފޯމު ޙަވާލުވުމަށް ފޮނުއްވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮންނަންވާނެއެވެ.

ގޯތި ދިނުމާއިބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީންނެވެ. ގޯއްޗަށްއެދޭ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއިދާރާއިން ކޮށްފައިވާ އިޢުލާނާއެކު ޝާއިއުކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6680631 ފޯނަށެވެ.

 

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް: 

 

  1. ދިވެހި ރައްޔިތަކު ކަމުގައިވުން
  2. އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  5. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ލިބި، ނުވަތަ ލިބެންއޮތް ނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  6. ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.

ގޯތި ދޭ ކޮމިޓީން ރިޢާޔަތްކުރާނެ ކަންކަން:

 

  1. ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއް ބަލައި، ދެމަފިރިންގެ ތެރެއިން  ގޯއްޗަށް އެންމެ ޙައްގުވެރި ފަރާތަށް ގޯތި ދިނުން، މިގޮތުން ދެމަފިރިން ގޯއްޗަށް އެދިފައިވާނަމަ ދެމަފިރިންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް ގޯތި ދޫކުރުން. ދެމަފިރިންނަށް ލިބިފައިވާ ޕޮއިންޓް އެއްވަރު ވެފައިވާނަމަ، ދެމަފިރިން ވާހަކަ ދައްކައިގެން ގޯތި ދޭނެ ފަރާތެއް ނިންމައި ލިއުމުން އެކަން ކައުންސިލަށް އެންގުން އަދި ދެމަފިރިންގެ ތެރެއިން ގޯތި ނަގާނެ ފަރާތެއް ކަނޑައެޅުމުގައި ދެމަފިރިންނަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ގުރުއަތުލައިގެން ގޯތިދޭނެ ފަރާތެއް ކަނޑައެޅުން.
  2. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެގޯއްޗަކާ މެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ގޯތި ކޮމިޓީއަށް ފެނުން (ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހުން ކަށަވަރުކުރާނީ ގޯއްޗަށް އެދޭ ފަރާތުން ހުށަހަޅާ ޝަރުޢީ ލިޔުމުގެ މައްޗަށެވެ.)
  3. ބަންޑާރަގޯތި ދޫކުރުމުގައި ގޯއްޗަށް އެދިކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަކީ، ޤާނޫނު ނަންބަރު 2002/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އިން ލާޒިމްކުރާ ކަމަކަށްވާތީ  ގޯއްޗަށް އެދި ކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި އެފަރާތަކަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލަން އެއްބަސްވާ އިޤްރާރު ހުށަހެޅުން. މިދެންނެވި އިޤްރާރު ހުށަނާޅާ އެއްވެސް ފަރާތަކަށް ގޯތި ދޫނުކުރެވޭނެއެވެ.

 

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލް

ނަންބަރު

ޕޮއިންޓް ދެވޭ ބައިތައް

ޕޮއިންޓް

1

މީހަކާ އިނދެ ދަރިން ތިބިނަމަ

35

2

މީހަކާ އިނދެ ވަރިވެފައި ނުވަތަ ފިރި/އަނބި މަރުވެ ދަރިން ތިބި ނަމަ

30

3

މީހަކާ އިނދެގެންހުރި ދަރިއަކު ނެތް މީހަކު ނަމަ

25

4

ގޯއްޗަށް އެދޭމީހާގެ ދަރިން ތިބިނަމަ(ގޯތި ލިބިފައިނެތް ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް،ގިނަވެގެން 20 ޕޮއިންޓް)

( ދެމަފިރިން ގޯއްޗަށް އެދިފައިވާނަމަ ( ގޯތި ލިބިފައިނެތް ކޮންމެ ކުއްޖަކަށް 2.5 ޕޮއިންޓް،ގިނަވެގެން 10 ޕޮއިންޓް)

ގޯއްޗަށް އެދިފައިވާ މީހާގެ ދަރިންގެ ބައްޕަ/މަންމަގެ ގޯތި އޮތްނަމަ( ގޯތި ލިބިފައިނެތް ކޮންމެ ކުއްޖަކަށް 1 ޕޮއިންޓް،ގިނަވެގެން 4 ޕޮއިންޓް)

ނޯޓް: ގޯތި ލިބިފައިވާ ކުއްޖެއް ކަމަށް ބަލާނީ އެ ގޯތީގެ ބިމުން އެކުއްޖާއަށް 600 އަކަފޫޓުގެ ބިންކޮޅެއް ލިބިފައިވާނަމަ)

05

5

މައިންބަފައިން ނުވަތަ ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތެއް ބަލަމުންދާނަމަ އަދި މިގޮތަށް ބަލަމުންދާ ފަރާތަކަށް 600 އަކަފޫޓު ހަމަވާ ގޯއްޗެއް ލިބިފައި ނުވާނަމަ. (ގޯތި ލިބިފައިވާނެތް ކޮންމެ ފަރާތަކަށް 3 ޕޮއިންޓް، ގިނަވެގެން 12 ޕޮއިންޓް)

03

6

ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 18 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާނަމަ

20

7

ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 8 އަހަރާ 18 އަހަރާ ދެމެދު ނަމަ/ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށުގައިދިރިއުޅޭތާ 18 އަހަރަށްވުރެން ގިނަދުވަސް ވެފައިވާނަމަ

10

8

ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 5 އަހަރާއި 8 އަހަރާ ދެމެދު ނަމަ/ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށުގައިދިރިއުޅޭތާ 8 އަހަރަށްވުރެން ގިނަދުވަސް ވެފައިވާނަމަ

05

9

ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިއުޅޭތާ 2 އަހަރާއި 5 އަހަރާ ދެމެދު ނަމަ/ ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށުގައިދިރިއުޅޭތާ 5 އަހަރަށްވުރެން ގިނަދުވަސް ވެފައިވާނަމަ

02

10

ރަށުގެ ރަށްވެއްސަކަށްނުވެ ރަށުމީހަކާ ކައިވެނިކޮށްގެން ރަށުގައި ދިރިއުޅޭތާ 7 އަހަރު ނުވާނަމަ

04

11

ރަށުގެ ރަށްވެއްސަކަށްނުވެ ރަށުމީހަކާ ކައިވެނިކޮށްގެން ރަށުގައި ދިރިއުޅޭތާ 7 އަހަރަށްވުރެ ގިނަދުވަސްވެފައިވާނަމަ

06

12

އުފަންވީއްސުރެ ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެ ރަށުގައި ދިރިނޫޅޭ ނަމަ

05

13

ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިނޫޅޭނަމަ ( ރަށުން ބޭރުމީހަކު ރަށުގެ ރަށްވެއްސަކަށްވެ ރަށުގައި ދިރިނޫޅޭނަމަ)

02

14

މަންމަ ނުވަތަ ބައްޕަގެ ގޯތިން ލިބެންޖެހޭ މީހުންކުރެ ކޮންމެ މީހަކަށް 600 އަކަފޫޓް ހަމަ ނުވާނަމަ ( މަންމައާއި ބައްޕަގެ ގޯތި އެއްކޮށްލައިގެން)

05

15

ގޯއްޗަށް އެދޭ މީހާގެ މަންމަ ނުވަތަ ބައްޕަގެ ގޯއްޗެއް ނެތި އެއްވެސް ގޮތަކުން އެއްވެސް މިންވަރެއްގެ ބިންކޮޅެއް ނުލިބޭނަމަ

15

ޖުމްލަ:

 

 

 

 

 

ނަންބަރު

ޕޮއިންޓު އުނިކުރެވޭ ބައިތައް

ޕޮއިންޓް

1

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓް ހަމަވާ ގޯއްޗެއް/ ފުލެޓެއް އޮވެފައި އެ މަންމަގެ ހުރީ ހަމައެކަނި މީނާ ނަމަ

10

2

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓް ހަމަވާ ގޯއްޗެއް/ފުލެޓެއް އޮވެފައި އެ ބައްޕަގެ ހުރީ ހަމައެކަނި މީނާ ނަމަ

10

3

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓު ހަމަވާ އެއްގޯއްޗަށްވުރެ ގިނަގޯތި/ފުލެޓެއް އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް (އިތުރުވާ ގޯތި ނުވަތަ ގޯތި ތަކުގެ އަކަފޫޓް ދަރިންގެ މެދުގައި ބެހުމުން ކުއްޖަކަށް 600 އަކަފޫޓް ހަމަވާނަމަ)

05

4

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަ ނަމުގައި 600 އަކަފޫޓު ހަމަވާ އެއްގޯއްޗަށްވުރެ ގިނަގޯތި/ފުލެޓެއް އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް(އިތުރުވާ ގޯތި ނުވަތަ ގޯތި ތަކުގެ އަކަފޫޓް ދަރިންގެ މެދުގައި ބެހުމުން ކުއްޖަކަށް 600 އަކަފޫޓް ހަމަވާނަމަ)

05

5

ގޯއްޗަށް އެދިފައިވާ މީހާއަކީ ރަށުގެ ރަށްވެއްސަކަށް ނުވާނަމަ

30

6

ގޯއްޗަށް އެދިފައިވާ މީހާ ގޯއްޗެއް ވިއްކާލައި ނުވަތަ މީހަކަށް ގޯތި ދިންތާ 10 އަހަރު ނުވާނަމަ

20

7

ގޯއްޗަށް އެދިފައިވާ މީހާގެ އަނބި ނުވަތަ ފިރިމީހާގެ ގޯއްޗެއް ވިއްކާލައި ނުވަތަ މީހަކަށް ގޯތި ދިންތާ 10 އަހަރު ނުވާނަމަ

20

8

ޢުމުރުން 50 އަހަރުވެފައި އޭނާގެ އަނބި،ފިރި،ނުވަތަ ދަރިންގެ ގޯތި އޮތްނަމަ

20

ޖުމުލަ

 

 

 

 

  • ގޯތި ލިބޭގޮތް:

 

     ގޯތި ލިބޭ މީހުން ހޮވާނީ ގޯތި ހޯދުމަށް ހުށަހަޅާފައިވާ އެންމެނަށް ޕޮއިންޓް ދިނުމަށްފަހު ޕޮއިންޓް ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބުނު މީހުންގެ ތަރުތީބުންނެވެ. މިގޮތުން ޕޮއިންޓް ތަރުތީބުން ގޯތި ދެމުން އައިސް އެންމެ ފަހު ގޯއްޗާއި ހަމައިން އެއްފަރާތަށްވުރެ ގިނަ ފަރާތުގެ ޕޮއިންޓް އެއްވަރުވެފައި ވާނަމަ އެ ގޯތި ލިބޭފަރާތް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނި އިތުރު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ. މިގޮތުން ފޯމު ހުށަހެޅުމަށްފަހު އެއްވެސް މީހެއްގެ މަޢުލޫމާތަކަށް ބަދަލެއް އައިސްފައިވާނަމަ އެކަން ލިޔުމުން ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  • ގޯތި ލިބޭނީ މަދުވެގެން 55 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

21 ސެޕްޓެމްބަރ 2020

 

 

                                                                                                        

                                                   ޢުޘްމާން ޢީސާ

                                                  އދ. ދިގުރަށު ކައުންސިލްގެ ރައީސް

21 ސެޕްޓެންބަރު 2020
ހޯދާ