ވަޒީފާގެ ފުރުޞަތު
|
މިކޯޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
|
ބޭނުންވާ ޢަދަދު: 01
|
ކްލެސިފިކޭޝަން އަދި ރޭންކް:
|
އޮފިސަރ ގްރޭޑް 1 ( ޖީ.އެސް 3 )
|
މުއްދަތު : 6 މަސް ދުވަސް
|
މުސާރަ :
|
މަހަކު -/4465 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން:
|
ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓް
|
އެލަވަންސް:
|
- ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
- ލިވިންގް އެލަވަންސް: މަހަކު -/2550 ރުފިޔާ
|
ފެންވަރު ނުވަތަ ޝަރުތު:
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު:
- ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން
- މިމަޤާމަށް މީހަކު ހޮވުމުގައި އައިޓީގެ ރޮނގުން ތަޖުރިބާ ލިބިފައިވާ، މަސައްކަތާއިގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ
|
ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޝަރީޢަތް ހިންގުމަށާއި ކޯޓްގެ އެހެން ބޭނުންތަކަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
- ކޯޓުން ނެރެންޖެހޭ އެންމެހާ އަމުރުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން
- ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައްކުރުން
- ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވާ އިނގިލީގެ ނިޝާން ޖެއްސުވުން
- ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚްލާސާ ރިޕޯޓާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޓައިޕްކޮށް ތައްޔާރުކުރުން
- ކޯޓުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މައުލޫމާތު ހަފްތާ ޝީޓަށް ނަގައި އެމައުލޫމާތު އާއްމުކުރުމަށްޓަކާ ކޯޓްގެ ނޯޓިސްބޯޑުގައި ހަރުކުރުން
- ކޯޓްގެ ތަފާސްހިސާބާއި އެހެނިހެން ރިޕޯޓްތަކަށް ކޯޓުން ފޮނުވަންޖެހޭ މައުލޫމާތު ތައްޔާރުކޮށް ކޯޓްގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
- ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ކޯޓަށްލިބޭ ލިޔެކިޔުންތައް މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން
- އަދި މީގެ އިތުރުން މެޖިސްޓްރޭޓް ހަވާލުކުރާ ކޯޓްގެ ރަސްމީ މަސައްކަތްތައްކުރުން
|
ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން
|
ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްއަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ
- އިތުރު ގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށްއެދި ހުށަހަޅާ ފޯމް ( ވަޒީފާއަށްއެދި ހުށަހަޅާ ފޯމް، މިކޯޓުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމުގެ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މިލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ
|
ސުންގަޑި:
|
24 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00
|
އިތުރު މަޢުލޫމާތު:
|
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން މިކޯޓުން ވަޒީފާއަށްއެދޭ ފޯމް ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު ލިބިވަޑައިގަންނަވާފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި އައިޑީކާޑުގެ ފޮޓޯކޮޕީއާއިއެކު ހުށަހެޅުއްވުންއެދެން
މިސެޓްފިކެޓްތަކަކީ އެކްރެޑިޓް ކުރެވިފައިވާ އަސްލާއި އެއްގޮތް ކޮޕީއަކަށް ވާންވާނެއެވެ.
- އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް
- އިތުރު މައުލޫމާތު 6800094 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެ.
|