މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޯޕަރޭޓް އަދި ޑެލިވަރީ ސްޓަފުންގެ ސްޓާފް ޔުނީފޯމް ފަހާދޭނޭ ފަރާތެއް ހޯދުން

އިޢުލާން

މިކުންފުނިން ކޯޕަރޭޓް އަދި ޑެލިވަރީ ސްޓަފުންގެ ސްޓާފް ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

23 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

28 ސެޕްޓެމްބާރ 2020 ވާ ހޯމަ ދުވަހުގެ 12:00 އަށް

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • އަގު: ކޯޓޭޝަންގައި ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަންވާނެއެވެ.
  • ސާމްފަލް: ޕްރޮޕޯސަލް އާއި އެކު ސާމްޕަލް ހުށަހަޅަންވާނެއެވެ.
  • ތަކެތި ފޯރުކޮށްދެވޭ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތެއް ބަޔާންކުރަންވާނެއެވެ.
  • ޕޭމަންޓް ޓާރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓާރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ކުންފުނީގެ އާއްމު ޢުސޫލުގެ ދަށުން މަސައްކަތުގެ އަގު ދައްކާނީ މުދާ ޑެލިވަރީ ކޮށް އިންވޮއިސް ފޮނުވާ ދުވަހުންފެށިގެން 5 ދުވަހުގެ ތެރޭގައެވެ.
  • ކޯޓޭޝަން މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އޭގެ ތަފްސީލް ،ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނޭ ފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެއެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
  • މައުލޫމާތު ސާފުކުރު މާއި އަގުހުށަހެޅުން އޮންނާނީ މޯލަޑިވްގޭސް ހެޑް އޮފީސް ( އެސް.ޓީ.އޯ ޓްރޭޑް ސެންޓާރ 2 ވަނަފަންގިފިލާ) ގަ އެވެ.

 

15 ސެޕްޓްމްބާރ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

15 ސެޕްޓެންބަރު 2020
ހޯދާ