ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަމްބަރ: IUL-D/423/2020/ 43

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތައް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓް ގާ ބަދަލުކުރުމާއި، ކާޕެޓް މަރާމާތް ކުރުމާއި އަދި ފާޚާނާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރި ނަމްބަރ: IUL-D/423/2020/ 42 އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތަކުގެ ޝަރުތުހަމަނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ ކުންފުނި އަދި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން  16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ސެޕްޓެމްބަރ 2020  ވާ އަންގާރަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓްގާ ބަދަލުކުރުމާއި، ކާޕެޓް މަރާމާތް ކުރުމާއި އަދި ފާޚާނާއެއް ހެދުމުގެ މަސައްކަތް މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ސެޕްޓެންބަރު 2020
ހޯދާ