ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމާ ގުޅޭ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމާ ގުޅޭ.

 

       ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމަށް 05 ޖުލައި 2020 އިން 23 ޖުލައި 2020 އަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހެޅި ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިވެލުއޭޓް ކުރެއްވުމަށްފަހު އެކުލަވާލެއްވި ލިސްޓުގައިވާ ޝަރުތު ހަމަނުވާފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 13 ސެޕްޓެންބަރު 2020 އިން 15 ސެޕްޓެންބަރު 2020 ދުވަހުގެ މެންދުރު 12.00އާ ހަމައަށް ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާފައިވާ ފަރާތްތައް މިޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

     ވީމާ، މަތީގައި ދެންނެވިފައިވާ ލިސްޓުގައި ހިމެނިފައިނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ސިޓީއަކުން މިއިދާރާއަށް ޝަކުވާހުޅަހެޅުމަށް ދެންނެވީމެވެ. އަދި ޝަކުވާގެ ފުރުޞަތު ހުޅުވާލަނީ ހަމައެކަނި މިއަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުޅަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

     މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 ސެޕްޓެންބަރު 2020
ހޯދާ