ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް ދެ މެންބަރެއް ޢައްޔަނުކުރުން

މަޤާމް :ކައުންސިލް މެންބަރު
ބޭނުންވާ އަދަދު :2

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން ޢައްޔަނުކުރަން ބޭނުންވެއެވެ. ހުސްވެފައިވަނީ ސައިންސް/ޓެކްނޮލޮޖީ/އެންޖިނިއަރިން ދާއިރާގެ ގޮނޑިއާއި ފިނޭންސް/ބިޒްނަސް/އެކައުންޓިންގ/ޓުއަރިޒަމް ދާއިރާގެ ގޮނޑިއެވެ. ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ޔުނިވަރސިޓީ ޤާނޫނުގެ ރޫޙަކީ މިގޮތަށް ޢައްޔަނުކުރެވޭ މެންބަރުންނަކީ ޔުނިވަރސިޓީގައި މިހާރު ނުކިޔަވާ، މިހާރުގެ މުވައްޒަފަކަށް ނުވާ، ތަނުގެ މަޞްލަޙަތާއި އަމިއްލަ މަޞްލަޙަތު ތަޢާރުޟު ނުވާ ފަރާތްތަކަށް ވުމެވެ.

މެންބަރުކަމަށް އެދިވަޑައިގަތުމަށް 20 ސެޕްޓެންބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ވަނަވަރާއި، އައި.ޑީ ކާޑް ކޮޕީ އަދި ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ނަމަ ފޮނުއްވާނީ އެދުވަހުގެ ރޭ 12:00 ގެ ކުރިން [email protected] މި އެޑްރެހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3345125 އާއެވެ. ކައުންސިލުގައި ހިމެނޭ މެންބަރުންގެ ޝަރުތުތައް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. http://mnu.edu.mv/wp-content/uploads/2017/03/MNU-Gazette-5-1-University-Qaanoon-1-vana-Islaahu-FINA-COPY-READY-FOR-PRINT-3.02.pdf

10 ސެޕްޓެންބަރު 2020
ހޯދާ