ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ފުނާޑު މެޑޯ ގޯތީގެ އުތުރުން އިންވެގެން އޮތް ހުސްބިމުގައި ނަންބަރު 01 އަދި 02 ޖަހާފައިވާ ފުނަގަހުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިފުނަގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 2020 ސެޕްޓެމްބަރު 16 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން އެގަސްތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަސްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން  )ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

09 ސެޕްޓެންބަރު 2020
ހޯދާ