މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަގާމުތައް:

މަޤާމް:

ސުޕަވައިޒަރ

ބޭނުންވާ އަދަދު:           

  • 05

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • 9،400 ރ
  •  އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ގުޅޭ ދާއިރާއަކުން އެމް. އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2،640ރ ނުވަތަ
  • ގުޅޭ ދާއިރާއަކުން އެމް. އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1,320 ރ
  •  ސްޓާފް މެޑިކަލް އިންޝުއަރެންސް.
  •  ޕެންޝަން ސްކީމް.

ވަޒީފާ އަދާކުރަންޖެހޭ ތަން

  • ޑިވިޜަނުން ކަނޑައަޅާ ސައިޓެއްގައި

ޝަރުޠު                 

  • ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލް ކޮށްފައިވުން. ނުވަތަ؛
  • ޖީސީއީ އޯ ލެވެލް ފުރިހަމަކޮށްފައި ވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ސުޕަރވައިޒަރ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ޤާބިލްކަން ހުރުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނިން އަތޮޅު ތެރޭގައި ހިންގާ ޕްރޮޖެކްޓް ސައިޓުތަކުގެ ތެރެއިން ހަވާލުކުރެވޭ ޕްރޮޖެކްޓް ސައިޓެއްގައި މަސައްކަތް ހިގަމުންދާގޮތް ބެލެހެއްޓުމާއި، ޑިވިޜަންގެ އިރުޝާދުގެ ދަށުން ޝެޓިއުލްއާއި އެއްގޮތައް މަސައްކަތްކުރުން.

·         ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންތައް ބެލެހެއްޓުން.

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

  • 06

ވަޒީފާގެ ބާވަތް:

  •     ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • -/7600ރ (މަހަކު)
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ކުންފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

ޝަރުޠު

  •  C0 ލައިސަންސް ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޕްރޮޖެކްޓްސައިޓްތަކަށް ބޭނުންވާ ތަކެތި ސުޕަވައިޒަރގެ އިރުޝާދުގެދަށުން ޑެލިވަރކުރުން.

ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަންށް ބޭނުންވާ މަގާމުތައް

މަޤާމް:

އެނިމޭޓަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

ވަޒީފާ އަދާކުރަންޖެހޭ ތަން

  • އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ބެޗްލާސްގެ ޑިގްރީ އިން އެނިމޭޝަން، ފައިން ޢާޓްސް، ގްރެފިކް ޑިޒައިންގ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ތައުލީމް ހަސިލްކޮށްފައިވުން
  • ނުވަތަ ގުޅޭދާއިރާއެއްގައި މަދުވެގެން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި ޑެޑްލައިނަށް ކަންކަން ނިންމާ އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން. 
    •  އެޑޯބީ، ވީޑިއޯ، 3ޑީ އެނިމޭޝަން އަދި ޑިޒައިން ޕެކޭޖްތަކައް ފަރިތަވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނީގެ ޕްރޮޑަކްޓްތަކާއި ސަރވިސްތަކުގެ ޕްރޮމޯޝަނަލްކަންކަމަށް ބޭނުންވާ އެނިމޭޓް ޑިޒައިންތައް ތައްޔާރުކުރުން.
  • މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  13 ސެޕްޓެމްބަރ ން 19 ސެޕްޓެންބަރު 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 12 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

08 ސެޕްޓެމްބަރ 2020

08 ސެޕްޓެންބަރު 2020
ހޯދާ