މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ވަގުތީ އިމާމް / މުދިމުންގެ ޕޫލް އެކުލަވާލުން (ވޭޖް)

 

 

 

ށ.ބިލެތްފަހީ މަސްޖިދުލް އިނާރާގެ ވަގުތީ އިމާމު / މުދިމުންގެ ޕޫލް އެކުލަވާލުން

 

ށ.ބިލެތްފަހީ މަސްޖިދުލް އިނާރާގެ އިމާމް އަދި މުދިމުން ޗުއްޓީ ނެގުމުން ނުވަތަ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން އެކުލަވާލެވޭ ޕޫލްގައި މަސައްކަތް ކުރާނޭފަރާތައް ހޯދަންބޭނުންވެއްޖެއެވެ . ވީމާ މިކަމަށް ޝައުޤުވެރިވާފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ .

މަޤާމު

މުދިމު / އިމާމް  (ވޭޖް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ  )2020 ޑިސެމްބަރ 31 ގެ ނިޔަލަށް )

މަސައްކަތުގެ ޝަރުތު

އިމާމުވެ ނަމާދުކުރަންއެގޭ އަދި އިމާމްވެ ނަމާދުކުރެވޭވަރަށް ތަޖުވީދުގެމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށް ވުން .

މަސައްކަތުގެ އުޖޫރަ

މަސައްކަތާއި ގުޅޭދާއިރާއަކުން ސަނަދެއް/ ސެޓްފިކެޓެއް އޮތް ބޭފުޅެއްނަމަ ކުރާކޮންމެ ނަމާދަކަށް 61.00ރ ( ފަސްދޮޅަސް އެއްރުފިޔާ )

މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެއްވެސް ސަނަދެއް/ ނުވަތަ ސެޓްފިކެޓެއް ނެތްނަމަ ، ކުރާކޮންމެނަމާދަކަށް 53.00ރ ( ފަންސާސް ތިންރުފިޔާ )

ބޭނުންވާ ޢަދަދު

3 (ތިނެތް )

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ / މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ މަސްޖިދުލް އިނާރާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-       ކައުންސިލުން ހަވާލްކުރާ މިސްކިތެއްގައި / މަސްޖިދުލް އިނާރާގައި ފަރުޟު ފަސްނަމާދު އިމާމްވެ ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ  ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން .

2-       މިސްކިތުގެ ސާފްތާހިރު ކަމާއި ، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން .

3-       މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއްލިބިފައިވޭތޯ ބެލުމާއި ، މަރާމާތެއް ކުރަންޖެހިފައިވާތަނެއްހުރިތޯބެލުމާއި ، ހުރިނަމަ ކަމާއިބެހޭ އިދާރާއަކަށް އެކަންއަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި ، އިދާރާއިން އަންގަވާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން .

4-       މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާހައުލެއްޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން .

5-       މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައިހުރިތޯބެލުމާއި ، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން .

6-       މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ، އިސްލާމްދީނާއި  ، ޤާނޫނާއި ހިލާފު އެއްވެސް ހަރަކާތެއްހިންގާނަމަ ނުވަތަ ހިންގަން އުޅޭކަން އެގިއްޖެނަމަ ވަގުތުން ކައުންސިލަށް އެކަން އެންގުން .

7-       މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި ، އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން .

8-       ކައުންސިލުން އަންގަވާފި ހިނދެއްގައި އިމާމްވެ ކޭތަނަމާދާއި ، އީދުނަމާދާއި ، ހުކުރު ނަމާދާއި ، ކަށުނަމާދު ކުރުން.

9-       މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ އެންމެހާކަންތައްތައް ކުރުމާއި އެހީތެރިވުން .

10-   މިސްކިތާއިބެހޭބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން .

11-   އުސޫލްތަކާއި އެއްގޮތަށް މިސްކިތް ސާފްކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ދާކަން ކަށަވަރުކުރުން . ނުދާނަމަ ކައުންސިލަށް އެންގުން .

12-   ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، ކައުންސިލުން ހަވާލުކުރާ އެހެނިޚެން މަސައްކަތްތައް ކުރުން .

13-   މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން .

 

ހުށައަޅަންޖެހޭ ލިޔުންތައް

1 . ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް ސިވިލް ސަރވިސް

ކޮމިޝަނުގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2 . ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

3 . ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް

 ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުންކުރިމަތިލާ

މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފިހުގެ ލިޔުން.  

5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

6. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-      މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާއި ތަމްރީން

2-      މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާގެލިޔުން .

3-      މަސައްކަތުގެ ހުނަރާއި ޤާބިލުކަން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 ގެކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްއަދި ފެކްސް  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected]އެވެ. އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައްހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ. ސަރުކާރުން އަލަށް ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް އިތުރުކޮށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ .

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 ސެޕްޓެމްބަރ 2020 އާއި 19 ސެޕްޓެމްބަރ  2020 އާއި ދެމެދު  މިލަދުންމަޑުލު އުތުރުބުރީ  ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.  ވުމާއެކު،  މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

  

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]          

 

20 މުޙައްރަމް    1441

08 ސެޕްޓެމްބަރ 2020

 

 

 

 

    

08 ސެޕްޓެންބަރު 2020
ހޯދާ