ދިވެހިރާއްޖެ
ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްތައް ދިވެހި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުން ވެއެވެ.
1 އިނގިރޭސި ބަސް.
2 ބަނގުލަދޭޝް ބަސް.
3 އުރުދޫ ބަސް.
މި މަސައްކަތުގައި ތަރުޖަމާނު ހޭދަކުރާ ކޮންމެ ގަޑިއަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) މަގުން
ހަމަޖެހިފައިވާ އުޞޫލުގެ މަތިން އުޖޫރަ ދެވޭނެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ބަހުރުވަތަކުން ލިޔެފައިވާ ލިޔުންތަކާއި އަދި އެބަހުން ދައްކާ ވާހަކަތައް ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި، އަދި ދިވެހިބަހުން ދައްކާ ވާހަކަ އާއި ލިޔެފައިވާ ލިޔުންތައް މަތީގައި ދެންނެވިފައިވާ ބަހުރުވަތަކަށް ތަރުޖަމާކުރުމުގެ ޤާބިލުކަން ހުރި، ތަރުޖަމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން އެކޯޓަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނަށް އިޖާބަދީ ކުރިމަތިލާ ފަރާތަކީ މަތީގައި ދެންނެވިފައިވާ ހުރިހާ ބަހަކުން ތަރުޖަމާކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތަކަށް ވާކަށް ނުޖެހޭނެއެވެ. ކޮންމެވެސް އެއްބަހަކުން ތަރުޖަމާ ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް މި އިޢުލާނަށް އިޖާބަ ދެވޭނެއެވެ.