ދިވެހިރާއްޖެ
1. މި އަތޮޅުގެ 8 ރަށުގެ ރަށު ކައުންސިލް އިދާރާގައި، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި، ސޯލާ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުރި ނަންބަރު:(IUL)233-CA/233/2020/7 އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް، މި މަސައްކަތަށް ޝަރުޠުހަމަވާ ދިވެހި ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2020 ސެޕްޓެމްބަރ 20 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުމުން، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެ އެވެ.
3. މި މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2020 ސެޕްޓެމްބަރ 28 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.
4. މި މަސައްކަތުގެ ބިޑްސެކިއުރިޓީގެ ގޮތުގައި، -/10,000ރ (ދިހަހާސް) ރުފިޔާގެ ސެކިއުރިޓީއެއް ހުށަހަޅުއްވަންޖެހޭނެ އެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން، 148 ދުވަހެވެ.
5. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އެހެނިހެން ލިޔުންތައް، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް، ރަޖިސްޓްރީވާ ފަރާތްތަކަށް، 2020 ސެޕްޓެމްބަރ 08 ވަނަ ދުވަހުން ފެށިގެން ލިބިވަޑައިގަންނަވާނެ އެވެ. މި މަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
6. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެ އެވެ.
7. މި މަސައްކަތަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 2020 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ 13:30 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.
8. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2020 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ، 13:35 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.