މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                   ނަންބަރު:IUL)MMPRC-PRO/MMPRC/2020/30)   

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮމޯޝަނަލް ބޭނުންތަކަށް ކުދި ވީޑިއޯ ކްލިޕް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 15 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2020 ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ މެނދުރު ފަހު 13:30 ގެ، ކުރިން  މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑު ރަޖިސްޓްރީ ކުރެއްވުމަށް  ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުވުން އެދެމެވެ.

  • ބިޑު ހުށައަޅާ ފަރާތުގެ ނަން:
  • ކުނަފުނީގެ ނަން:
  • ގުޅޭނެ ފޯން ނަންބަރު:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: Bid Registration to Hire a Vide Production Firm for a period of 04 months

 ބިޑް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް (https://corporate.visitmaldives.com/downloads/) ގައިވެސް ޝާއިއުކުރެވިފައި ވާނެއެވެ.

                         18 މުޙައްރަމް 1442ހ.

                         06 ސެޕްޓެމްބަރ 2020މ

 

 

 

06 ސެޕްޓެންބަރު 2020
ހޯދާ