ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޑިރެކްޓަރ - އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

މަޤާމް:ޑިރެކްޓަރ - އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

މަޤާމުގެ ބާވަތް:  ދާއިމީ

އަދަދު:  01

މުސާރަ: 10,500ރ.

ޢިނާޔަތް:

    ސަރވިސް އެލަވަންސް: 2000ރ

    ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިދާރީ ހިންގުމާއި، މުވައްޒަފުންގެ ކަންތައްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ އެންމެހާ ކަންތައްތައް އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުން.  

ފެންވަރު ނުވަތަ ޝަރުތު: 

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމާއިއެކު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް،  އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިންގުމުގެ ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމަށްފަހު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ހިންގުމުގެ ދާއިރާއިން ނުވަތަ ފައިނޭންސް ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލް ކުރެއްވުމަށްފަހު ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް،  އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވުން.
  4. އެއްވެސް އިރެއްގައި ޚިޔާނާތާއި، ވައްކަމާއި، ޓެކުމާއި މިބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

ނޯޓް: މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ޓްރައިބިއުނަލްގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އަދި  އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން: މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރިމިންވަރު ވަޒަންކުރުމުގައި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަން އިސްކަންދެވޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ 03 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

     މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން  ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3307701 އަށް ގުޅުއްވުން އެދެމެވެ.

05 ސެޕްޓެންބަރު 2020
ހޯދާ