ދިވެހިރާއްޖެ
ޢިއުލާން ނަންބަރު:MPBA/2020/046
ތާރީހް: 03 ސެޕްޓެމްބަރ 2020
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަންއަށް ވިރާކާ ޑައިނަސްޓީ ޑަބްލިއު 9 ބީ.ސީ ބްރޭންޑުގެ 05 ބިލިއަޑު މޭޒު އެސަސަރީސްތަކާއި އެކު ސަޕްލައިކޮށް މޭޒުތައް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ޕޮރޮޖެކްޓް ނަންބަރު |
ޕޮރޮޖެކްޓް ނަން |
002/2020 |
ވިރާކާ ޑައިނަސްޓީ ޑަބްލިއު 9 ބީ.ސީ ބްރޭންޑުގެ 05 ބިލިއަޑު މޭޒު އެސަސަރީސްތަކާއި އެކު ސަޕްލައިކޮށް މޭޒުތައް ރާވައިދިނުން |
ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މިތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ސެޕްޓެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2020 ވަ އަންގާރަ ދުވަހުގެ 13:00 ގައި މޯލްޑިވްސް ޕޫލް ބިލިއަޑު އެސޯސިއޭޝަން، ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރ ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕޮރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
15 މުހައްރަމް 1442
03 ސެޕްޓެމްބަރު 2020