އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިސަންސް ޓްރެކްގައި ގައުއެތުރުމާއި ކަރަންޓް ވައިރުކުރުން

ޒޯން، އޭގެ ލައިސަންސް ދިނުމަށް، އއ.ރަސްދޫގައި ގާއިމްކުރާ ޓްރެކްގައި ގައުއެތުރުމާއި ކަރަންޓް ވައިރިންގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ  ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019" (30 މާރޗް 2019) ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ، އަދި މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ޝައުޤްވެރިވާ ފަރާތްތަކުން، 2020 ސެޕްޓެމްބަރ 03 ވަނަ ދުވަހުން ފެށިގެން 2020 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 14:00ގެ ނިޔަށް [email protected] އަށް ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓްކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބިވަޑައިގަންނަވާނެ އެވެ.

މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2020 ސެޕްޓެމްބަރ 09 ވާ ބުދަ ދުވަހުގެ 11:30ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2020 ސެޕްޓެމްބަރ 15 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2020 ސެޕްޓެމްބަރ 15 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2020
ހޯދާ