ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ބުކްޗެކް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ބުކްޗެކް ސިސްޓަމެއް  ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ގަންނަން ބޭނުންވާ ބުކްޗެކް ސިސްޓަމްގެ ރެކުއަރމަންޓް (މަޢުލޫމާތު ޝީޓް) އެޓޭޗް ކުރެވިފައިވާނެއެވެ.
  3. އަންދާސީ ހިސާބު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ. އަންދާސީ ހިސާބު އީމެއިލް ކުރުމަށް ހުޅުވާލެވެނީ 2020 ސެޕްޓެމްބަރ 14 ވާ ހޯމަ ދުވަހުގެ 10:00 ން 10:10ގެ ނިޔަލަށެވެ. މި ގަޑީގެ ކުރިން ނުވަތަ ފަހުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނަވޭނެއެވެ.
  4. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  5. ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރާ މައުލޫމާތާއި މައުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ ލިސްޓްގައިވާ ތަކެތީގެ ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 
03 ސެޕްޓެންބަރު 2020
ހޯދާ